އަކްޝޭ ކުމާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ (ކ)

އަކްޝޭ ކުމާރު

އާ އަހަރު ފާހަގަ ކުރަން އަކްޝޭ ރާއްޖޭގައި

އަކްޝޭގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު ރިސޯޓު، ސޮނޭވާ ޖާނީގައި
1 ޖެނުއަރީ 2024

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އަދި ދަރިފުޅު ނިތާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އާ އަހަރާ ދިމާކޮށް އަކްޝޭގެ އާއިލާ ރާއްޖެ އައިސްފައިވާއިރު މީގެ ކުރިން 2022 ވަނަ އަހަރު ފެށުމާ ދިމާކޮށް ވެސް އަކްޝޭ ވަނީ ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ.

އަކްޝޭގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު ރިސޯޓު، ސޮނޭވާ ޖާނީގަ އެވެ.

ޓްވިންކަލް ވަނީ އަކްޝޭ އާއި އެމީހުންގެ ދަރިފުޅު ނިތާރާ ރިސޯޓުގައި ބައިސްކަލް ދުއްވާތަން ފެންނަ ވީޑިއޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ 'ބަޅޭ މިޔާ، ޗޯޓޭ މިޔާ' އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ޓައިގާ ޝްރޮފް އާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް