އެންސިންކްގެ ފަސް މެމްބަރުން އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި ޓޭލާ ސްވިފްޓާ އެވޯޑެއް ހަވާލުކުރުމަށް ސްޓޭޖުގައި

މިއުޒިކް

އެންސިންކްގެ އެންމެން އަލުން އެއްތަންވެއްޖެ

އެންސިންކްގެ ފަސް މެމްބަރުން އެކުގައި ސްޓޭޖަކުން އެންމެ ފަހުން ފެނިފައިވަނީ 2013 ވަނަ އަހަރު
14 ސެޕްޓެމްބަރު 2023

ނުވަދިހައިގެ އަހަރުތަކުގެ އެންމެ މަގުބޫލު އެއް ބޯއި ބޭންޑް އެންސިންކްގެ ހުރިހާ މެމްބަރުން އަހަރުތަކަކަށް ފަހު އެކުގައި އެއް ސްޓޭޖަކުން ފެނިއްޖެ އެވެ.

ޖަސްޓިން ޓިމްބަލޭކް ވެސް ހިމެނޭ ގޮތަށް އެންސިންކްގެ ފަސް މީހުން އެއްތަންވީ ރޭ ބޭއްވި އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ) ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑު ޓޭލާ ސްވިފްޓާ ހަވާލުކުރުމަށެވެ.

އެންސިންކްގެ މެމްބަރުން ސްޓޭޖަށް ނުކުންނަ ތަން ފެނުމާ އެކު ޓޭލާ ވަނީ ވަރަށް ބޮޑަށް ހައިރާންވެ އުފާފާޅުކޮށްފަ އެވެ. އަދި އެވޯޑާ ހަވާލުވުމަށް ފަހު ދެއްކި ވާހަކައިގައި އެންސިންކްއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އެ މީހުންގެ އަތުން އެވޯޑު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރި އެވެ.

އެންސިންކްގެ ފަސް މެމްބަރުން އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި

އެންސިންކްގެ ފަސް މެމްބަރުން އެކުގައި ސްޓޭޖަކުން އެންމެ ފަހުން ފެނިފައިވަނީ 2013 ވަނަ އަހަރުގެ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި ޖަސްޓިންއަށް ވީޑިއޯ ވެންގާޑް އެވޯޑް ލިބުނު އިރެވެ. އެ ހަފްލާގައި އެ މީހުން ވަނީ 'ބައި ބައި ބައި' އާއި 'ގާލްފްރެންޑް' ހުށަހަޅައިދީ މީހުން ހައިރާންކޮށްލައިފަ އެވެ.

އެންސިކް ޕޮޕް މިއުޒިކްގެ ތެރެއަށް ފާޅުވީ ބޯއި ބޭންޑުތަކާ ހެދި އެންމެން މޮޔަވި ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ބެކްސްޓްރީޓް ބޯއިސް އާއި 98 ޑިގްރީސްއަކީ ވެސް އެ ދުވަސްވަރުގެ ބޭންޑުތަކެވެ.

އެންސިންކްގެ ފުރަތަމަ އަލްބަމް 1998ގައި ނެރުނީ 'ޓެއަރިން އަޕް މައި ހާޓް' އަދި 'އައި ވޯންޓް ޔޫ ބެކް' ފަދަ ހިޓް ލަވަތަކާ އެކުގަ އެވެ. އަދި 2000 ގައި ނެރުނު ދެވަނަ އަލްބަމް 'ނޯ ސްޓްރިންގްސް އެޓޭޗްޑް' ވަނީ 'ބައި ބައި ބައި' އަދި 'އިޓްސް ގޮނަ ބީ މީ' ފަދަ ލަވަތަކާ އެކު ބިލްބޯޑު ޗާޓުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް