Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:40 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ވިޖޭ ވަރްމާ (ކ)، ޖައިދީޕް އަހުލަވަތު (މ) އަދި ކަރީނާ ކަޕޫރު ހާން 'ޖާނޭ ޖާން'ގެ ޕޯސްޓަރުތަކެއްގައި

ނެޓްފްލިކްސްގެ 'ޖާނޭ ޖާން'ގެ ޓްރެއިލާ: ކަރީނާ ބޮޑު ކަމެއް ސިއްރުކޮށްގެން

'ކަހާނީ'ގެ ޑައިރެކްޓަރު ސުޖޯއީ ގޯޝްގެ މި ކްރައިމް ތުރިލާ ބިނާކޮށްފައިވަނީ ޖަޕާނުގެ ނާވިލަކަށް
6 ސެޕްޓެމްބަރު 2023

ކަރީނާ ކަޕޫރު ހާން އާއި ޖައިދީޕް އަހުލަވަތު އަދި ވިޖޭ ވަރްމާ ފެންނަ ނެޓްފްލިކްސްގެ ކްރައިމް ތުރިލާ 'ޖާނޭ ޖާން'ގެ ޓްރެއިލާ ނެރެފި އެވެ.

މިއީ ކަރީނާ ސްޓްރީމިން ޕްލެޓްފޯމެއްގެ އުފެއްދުމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

ވިދްޔާ ބާލަން ކުޅުނު 'ކަހާނީ'ގެ ޑައިރެކްޓަރު ސުޖޯއީ ގޯޝްގެ 'ޖާނޭ ޖާން' ގައި ކަރީނާއަކީ އެކަނިވެރި މަޔެކެވެ. ޖައިދީޕް ކަރީނާގެ އަވައްޓެރިއެއްގެ ރޯލުން ފެންނަ އިރު ވިޖޭ ކުޅެފައިވަނީ ކަރީނާގެ ކެރެކްޓާ މިސިޒް ޑިސޫޒާގެ ކުރީގެ ފިރިމީހާގެ މަރު ތަހުގީކުރާ ފުލުހެއްގެ ބަ އެވެ.

ޓްރެއިލާ ފަށަނީ މިސިޒް ޑިސޫޒާ އޭނާގެ އަވައްޓެރިޔާއަށް ކަމެއް ސިއްރުކުރަން ވާހަކަދައްކާ މަންޒަރަކުންނެވެ. ވިޖޭގެ ފުލުސް އޮފިސަރު މަރުގެ މައްސަލައިގައި ތުހުމަތު ކުރަނީ މިސިޒް ޑިސޫޒާ އަށެވެ. އަދި މިސިޒް ޑިސޫޒާ އުޅެނީ އެ ދެ މީހުންނަށް އޭނާގެ ސިއްރުތައް ވަންހަނާ ކުރުމުގަ އެވެ.

'ޖާނޭ ޖާން'ގެ ޓްރެއިލާ

'ޖާނޭ ޖާން'ގެ މައި ތިން ތަރިންނާ އެކު ތިން ޕޯސްޓަރެއް ވެސް ވަނީ ނެރެފަ އެވެ.

މި ފިލްމަކީ ޖަޕާނުގެ ނާވިލެއް ކަމަށްވާ 'ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް'ގެ ރަސްމީ އެޑަޕްޓޭޝަނެވެ. ޑައިރެކްޓަރު ސުޖޯއީ ބުނެފައިވާ ގޮތުގައި އޭނާ އެ ފޮތަށް ބިނާކޮށް ފިލްމެއް ހަދަން ބޭނުންވެގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ސުޖޯއީ ބުނީ އެއީ އޭނާއަށް މިހާތަނަށް ކިޔުނު އެންމެ ފުރިހަމަ ލޯބީގެ ވާހަކަ ކަމަށެވެ.

ކަރީނާގެ 41 ވަނަ އުފަންދުވަހާ ދިމާކޮށް ނެޓްފްލިކްސްގައި 'ޖާނޭ ޖާން' މި މަހު 21ގައި ނެރޭނެ އެވެ.

'ޖާނޭ ޖާން'ގެ ޓްރެއިލާ ލޯންޗުކުރުމުގެ ހަފްލާ
އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް