ޝާހިދު ކަޕޫރު 'ބްލަޑީ ޑެޑީ'ގެ ބަތަލުގެ ގޮތުގައި

ބޮލީވުޑް

'ބްލަޑީ ޑެޑީ'ގެ ޓްރެއިލާ: ޝާހިދު ކަޕޫރު މީހުން ތަޅާ ތިރިކުރުމުގައި

ޝާހިދު ބުނެފައިވާ ގޮތުގައި އޭނާ މި ފިލްމު ކުޅުނީ އެކްޝަންް މަންޒަރުތަކާ ވަރަށް ބޮޑަށް ގަޔާވެގެން
25 މޭ 2023

ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ބްލަޑީ ޑެޑީ'ގެ ޓްރެއިލާ ނެރެފި އެވެ.

'ޓައިގާ ޒިންދާ ހޭ' ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގެ ބަތަލުގެ ގޮތުގައި ޝާހިދު ކަޕޫރު އުޅެނީ އެއް ރޭ ހަތަރުދަމު ގުންޑާއިން ތަޅާ ތިރިކުރުމުގަ އެވެ.

ޝައުގުވެރި އެކްޝަން މަންޒަރުތަކެއް ފެންނަ ޓްރެއިލާއިން ރޮނިތު ރޯއީ، ސަންޖޭ ކަޕޫރު އަދި ޑަޔާނާ ޕެންޓީ ވެސް ފެނެ އެވެ.

ފްރާންސްގެ 2011 ވަނަ އަހަރުގެ ފިލްމެއްގެ ރަސްމީ އެޑަޕްޓޭޝަންގެ ގޮތުގައި ނެރޭ 'ބްލަޑީ ޑެޑީ' އަކީ އަންނަ މަހު 9 ގައި ޖިއޯ ސިނަމާއިން ސްޓްރީމްކުރަން އުފައްދާ ފިލްމެކެވެ.

ޝާހިދު ކުރިން ބުނެފައިވާ ގޮތުގައި އޭނާ މި ފިލްމު ކުޅުނީ އެކްޝަންް މަންޒަރުތަކާ ވަރަށް ބޮޑަށް ގަޔާވެ ހުރެގެންނެވެ. އަދި ދެން ކުރަން ޖެހިފައި އޮތް ކަމަކީ އޯޓީޓީ ފިލްމަކަށް މިހާ ބޮޑަށް މަސައްކަތްކުރުމަށް ފަހު ބޮޑު ސްކްރީނަށް މިއަށް ވުރެ ބޮޑަށް މަސައްކަތްކުރާނެ ގޮތެއް ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް