ސަނީ ލިއޯން ކޭން ފިލްމު ފެސްޓިވަލްގައި
ސަނީ ލިއޯން ގާތު ޑައިރެކްޓަރު ބުނީ އަނުޝްކާ އާއި ރަވީނާ ހޭ ގޮތަށް ހޭން ދަސްކުރަން
ސަނީ ލިއޯން އާއި ރާހުލް ބަޓް އަދި ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް މިހާރު އުޅެނީ އެ މީހުންގެ ފިލްމު 'ކެނެޑީ' ޕްރިމިއާކުރުމަށް ކޭން ފިލްމު ފެސްޓިވަލަށް ގޮހެވެ. އެ ފެސްޓިވަލުގެ މިޑްނައިޓް ސްކްރީނިން ބަޔަށް އިންޑިއާއިން ހޮވުނީ އެ ފިލްމެވެ.
ޕްރިމިއާގެ ކުރިން އަނޫރާގު އިންޓަވިއުއެއްގައި ބުނިގޮތުގައި އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކުރުމަށް އޭނާ ސަނީ ގާތު ބުނީ އެންމެ ކަމެކެވެ.
'ކެނެޑީ' ގައި ކުޅެފައިވާ ޗާލީގެ ރޯލަށް ތައްޔާރުވާން ކުރަންވީ ކީއްތޯ ސަނީ ސުވާލުކުރުމުން އަނޫރާގް އޭނާއަށް ދެއްކީ އަނުޝްކާ ޝަރުމާ އާއި ރަވީނާ ޓަންޑަން ހޭތަން ފެންނަ މަންޒަރުތަކުގެ ވީޑިއޯއެކެވެ. އަނޫރާގް ފިލްމު ކޮމްޕޭނިއަންއަށް ބުނިގޮތުގައި ހިތުގެ އަޑިން ހޭ ދެ މީހަކަށް އޭނާއަށް ފެނިފައިވަނީ އަނުޝްކާ އާއި ރަވީނާ އެވެ. އެހެންކަމުން އެ ދެ ތަރިންގެ އެފަދަ މަންޒަރުތަކުގެ ވީޑިއޯއެއް އޭނާގެ އެސިސްޓެންޓް ލައްވައި ހައްދައި ސަނީއަށް ދިނީ ކަމަށާއި އަދި ކުރަންވީ ހަމައެކަނި ކަމަކީ އެގޮތަށް ހުނުން ކަމަށް ސަނީ ގާތު ބުނި ކަމަށް އަނޫރާގް ބުންޏެވެ.
ޑައިރެކްޓަރު ބުނިގޮތުގައި ސަނީ ކުޅެފައިވާ ކެރެކްޓާއަކީ ކޮންމެ ފަދަ ހާލަތެެއް ވިޔަސް ހިނިގަނޑަކުން ހުރިހާ ކަމެއް ދިފާއުކުރާ އަންހެނެކެވެ. އަދި އެކަން ތަމްސީލްކޮށްދޭން ސަނީ މަސައްކަތްކުރިކަން އަނޫރާގް ފާހަގަކުރި އެވެ.
'ކެނެޑީ'ގެ ޓީޒާ މި މަހު ނެރުނު އިރު ސަނީ ލިފްޓަކަށް އެރުމަށް ފަހު ކުއްލިއަކަށް ހިނިގަނޑެއް ޖަހާލާ މަންޒަރެއް ހިމަނާފައިވެ އެވެ.