ޖަސްޓިން ބީބާ: ސިއްހީ މައްސަލަތަކާ ހުރެ މިދިޔަ އަހަރު ދެ ފަހަރުމަތިން ޓުއާ މެދުކަނޑާލި

މިއުޒިކް

ޖަސްޓިން ބީބާ ބަލިވެގެން ފަސްކުރި ޝޯތައް އެންމެ ފަހުން ކެންސަލް

ރަމްސޭ-ހަންޓް ސިންޑްރޯމްއާ ކުރިމަތިލާން ޖެހި މޫނުގެ އެއްފަޅި ވާގިނެތިފައިވާކަން މިދިޔަ އަހަރު ބީބާ ހާމަކުރި
2 މާރިޗު 2023

ޕޮޕް ތަރި ޖަސްޓިން ބީބާގެ ބައިނަލްއަގުވާމީ ޓުއާގެ ފަސްކުރި ޝޯތައް ދެން ބާއްވާނެ ތާރީހެއްގެ އިންތިޒާރުގައި ތިބި ފޭނުންނަށް އެހެން ހަބަރެއް ލިބި މާޔޫސްވާން ޖެހިއްޖެ އެވެ. ކެނެޑާގެ ލަވަކިޔުންތެރިޔާގެ 'ޖަސްޓިސް ވޯލްޑް ޓުއާ'ގެ ބާކީ ހުރި ޝޯތައް ކެންސަލްކުރީ އެވެ.

ރަމްސޭ-ހަންޓް ސިންޑްރޯމްއާ ކުރިމަތިލާން ޖެހި މޫނުގެ އެއް ފަޅި ވާގިނެތިފައިވާތީ ޓުއާ މެދުކަނޑާލިކަން ބީބާ ޖޫން މަހު އިއުލާންކުރި އެވެ. އަދި ޖުލައި މަހު އަލުން ޓުއާ ފެށި އެވެ. ނަމަވެސް ޔޫރަޕުގައި ލައިވް ހަ ޝޯ ދިނުމަށް ފަހު ޓްވިޓާގައި ނެރުނު ބަޔާނެއްގައި ބީބާ ބުނިގޮތުގައި އޭގެ ސަބަބުން އެ ޝޯތަކުގެ ސަބަބުން އޭނާގެ ހާލަތު ވަނީ ގޯސްވެފަ އެވެ. އެންމެ އިސްކަންދޭ ކަމަކީ ސިއްހަތު ކަމަށް ހަދަން ޖެހިފައިވާ ކަމަށާއި އަރާމުކޮށް ގަދަވުމަށް ވަގުތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ބީބާ މިދިޔަ އަހަރުގެ ފެބްރުއަރީގައި ފެށި ޓުއާގެ ފަސްކުރި ޝޯތައް ކެންސަލްކޮށްފައިވާ ކަމަށް ފޭނުން ބުނަމުންދާ އިރު، ބީބާގެ ވެބްސައިޓުގައި މިހާރު ތާރީހުތަކެއް ވެސް ނެތެވެ. ޓިކެޓު ވިއްކާ ކުންފުނި ޓިކެޓްމާސްޓާގެ ވެބްސައިޓުން ދައްކާ ގޮތުގައި އެމެރިކާ، އަޔަލެންޑް، ފްރާންސް، ޕޯލެންޑް، އޮސްޓްރޭލިއާ، ޑެންމާކް އަދި ޗެކް ރިޕަބްލިކްގައި ބާއްވަން ތާވަލްކުރި ބީބާގެ ޝޯތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ތައިލެންޑުގެ ބެންކޮކްގައި ބާއްވަން ހަމަޖެއްސި ޝޯ ވެސް ކެންސަލްކޮށްފައިވާ ކަމަށް، އެ އިވެންޓް އިންިޒާމްކުރި ލައިވް ނޭޝަން ޓީރޯ އިން ވަނީ ބުނެފަ އެވެ.

ހުސްވި މަހު ޝޯއެއް ބާއްވާ ގޮތަށް ކުރިން ހަމަޖެއްސި ލަންޑަންގެ ޝޯ ވެސް ކެންސަލްކޮށްފައިވާކަން، އިވެންޓް ކުންފުނި އޭއެކްސްއެސް އިން ވަނީ ޓިކެޓު ގަތް މީހުންނަށް އީމެއިލުން އަންގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް