ޝަކީރާ

މިއުޒިކް

ޝަކީރާ ޕީކޭއަށް ރައްދުދޭން ހެދި ލަވަ ޔޫޓިއުބުގެ ރެކޯޑަކަށް

އެކުގައި 10 އަހަރު ވަންދެން އުޅުމަށް ފަހު ޕީކޭ ވަނީ ޝަކީރާ ދޫކޮށްލައި 23 އަހަރުގެ ޒުވާނަކާ ރައްޓެހިވެފައި
14 ޖެނުއަރީ 2023

ލޯބިވެރިޔާ، ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭ އެހެން އަންހެނަކާ އެކު އުޅެން ފެށުމުން އެ ބޭވަފާތެރިކަމުގެ މައްޗަށް ޝަކީރާ ކީ ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ޝަކީރާގެ އާ ލަވަ އަކީ މިހާރު، 24 ގަޑި އިރު ތެރޭ އެންމެ ގިނަ ބަޔަކު ޔޫޓިއުބުން ބެލި ލެޓިން ލަވަ އެވެ.

އެކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު އުޅުމަށް ފަހު ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ ޕީކޭ، 35، ވަނީ ޝަކީރާ، 45، ދޫކޮށްލައި 23 އަހަރުގެ ޒުވާނަކާ ރައްޓެހިވެފަ އެވެ. އެ ގުޅުން އޮންނަކަން ޕީކޭ ވަނީ ހާމަކޮށްފަ އެވެ.

ޕީކޭ އާއި ޝަކީރާ އަށް ދެ ކުދިން ލިބިފައިވެ އެވެ.

ޝަކީރާ އާއި ޕީކޭ

ހިތް ހަލާކުވެފައި ހުރެގެން ހެދި ލަވައިގައި ޝަކީރާ ބުނަނީ 22 އަހަރުގެ އަންހެން ކުއްޖަކަށް ވުރެ މާ ބޮޑަށް އޭނާގެ އަގު ހުންނާނެ ކަމަށެވެ. ޕީކޭ އަގުބޮޑު އެއްޗެއް ދޫކޮށްލާފައި ދިޔައީ އަގެއް ނެތް އެއްޗެއް ފަހަތުންނޭ ބުނާކަން ދޭހަވެ އެވެ.

ޕީކޭ އެނބުރި އަޔަސް ފުރުސަތެއް ނެތް ކަމަށާއި އޭނާ އަށް އެންމެ ބޭނުން ޖެހުނު ވަގުތު ދޫކޮށް ދިޔައީ ކަމަށް ވެސް އެ ލަވައިގައި ބުނެ އެވެ.

ޓެކުހަށް މަކަރު ހެދި ކަމަށް ބުނެ ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ޝަކީރާ އަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ވެސް އެ ލަވައިގައި އޭނާގެ އިހުސާސްތައް ބޭރުކޮށްފައިވެ އެވެ.

ދެ ދުވަސް ތެރޭ 72 މިލިއަން ވިއުސް ޔޫޓިއުބުގައި އެ ލަވައަށް ވަނީ ލިބިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް