ކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން

ކިމްގެ ގޭގެ އިންޓީރިއާ ގިނަ ބަޔަކަށް ކަމަކުނުދިޔަ

އެކަކު ބުނީ އެ ގެ ބޮޑަށް ވައްތަރީ ދާރުލްއާސާރަކާ ކަމަށް
2 ޑިސެމްބަރު 2022

ކިމް ކާޑޭޝިއަން މިފަހުން ވަނީ ކެލިފޯނިއާގެ ކަލަބާސަސްގައި ހުންނަ އޭނާގެ ގޭގެ އެތެރޭގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ހިފާގެންގުޅޭ ބައެއް ސާމާނާއި އޭނާގެ ކޮޓަރި އާއި ފާހާނާގެ އިތުރުން ވެސް އެ ގޭގައި ހުރި، އޭނާ އަށް އެންމެ ކަމުދާ އެއްޗެހީގެ ފޮޓޯ ކިމް އިންސްޓަގްރާމުގައި ޕޯސްޓުކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

އެގޮތުން ޓްވިޓާގައި އެކަކު ބުނީ އެ ގެ "ގެއެއްގެ ގޮތުގައި ސިފަ ނުވާ" ކަމަށާއި ބޮޑަށް ވައްތަރީ އިންޓީރިއާ ސްކަލްޕްޗާ ޕާކެއް ނުވަތަ ދާރުލްއާސާރަކާ ކަމަށެވެ. އަދި އެއްވެސް ދިރުމެއް ނެތް ތަނެއްގެ ގޮތުގައި ބައެއް މީހުން ވަނީ އެ ގެ ސިފަކޮށްފަ އެވެ.

ކިމްގެ މިނިމަލިސްޓިކް އެސްތެޓިކްސްއާ އެއްގޮތަށް އޭނާގެ ގޭގެ އެތެރެ ފަރުމާކޮށްފައި ވާއިރު، ނިދާ ކޮޓަރީގެ ފޮޓޯ އިން ފެންނަނީ އެއްކޮށް މާބުލް ޖަހާފައިވާއިރު ކޮޓަރީގެ މެދުގައި ބޮޑު އެނދެއް އެކަނި ހުރި ތަނެވެ. ކޮޓަރީގައި ކާޕެޓެއް ނުވަތަ ރަގެއް ނެތް އިރު ފާރުތައް ވެސް ފެންނަނީ ހުސްކޮށެވެ. މަރުވެފައިވާ ތަނެއްގެ ގޮތުގައި މީހުން އޭނާގެ ކޮޓަރި ސިފަކުރީ އެހެންވެ އެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ބުނެފައިވާގޮތުގައި ކިމްގެ ގެއިން ސިފަވަނީ އޭނާގެ އެއްވެސް ރޫހެއް ނެތް ކަމެވެ.

ނަމަވެސް، އަލިކޮށް، ސާފުކޮށް އެ ގޭތެރެ އޮންނާތީ، ގޭތެރެ ސާފުކޮށް ބޭއްވުމަށް ކިމް ދޭ ސަމާލުކަމަށް ބައެއް މީހުން ވަނީ ތައުރީފުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް