ވިކީ ކޯޝަލް

ވިކީ ކޯޝަލް

ކެޓްރީނާ ކައިރިން ނެށުމުގެ ޓިޕްސް ހޯދަން: ވިކީ

5 ޑިސެމްބަރު 2022

އަނބިމީހާ ކެޓްރީނާ ކެއިފް ކައިރިން ނެށުމުގެ ޓިޕްސް ހޯދާ ކަމަށް ވިކީ ކޯޝަލް ބުނެފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު 'ގޯވިންދާ ނާމް މޭރާ' ގައި ވިކީ ފެންނާނީ މީގެ ކުރިން ފެނިފައި ނުވާ ފަދަ ތަފާތު ރޯލަކުންނެވެ. ފިލްމުގެ ޕްރޮމޯޝަނުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ވިކީ ބުނީ، ރިހާސަލް ނިންމާފައި ގެއަށް ގޮސް ކޮންމެ ދުވަހަކު ވެސް ކެޓްރީނާ އަށް ވީޑިއޯ ދައްކާ ކަމަށެވެ.

"ވީޑިއޯ ބަލާފައި ނުބުނާނެ މި ރީއްޗޭ، ރަނގަޅޭ. އެއަށްވުރެ ތަފްސީލްކޮށް ރިވިއު ދޭނީ. ކެޓްރީނާ އަކީ މޮޅު ނެށުންތެރިއެއް. ނެށުމާ ގުޅޭ ގިނަ ކަންކަން އެނގޭ މީހެއް،" ވިކީ ބުންޏެވެ.

ވިކީ ބުނީ ކެމެރާ ކުރިމަތީ ކަންކުރަންވީ ގޮތް ކެޓްރީނާ ވަރަށް ރަނގަޅަށް ކިޔައިދޭ ކަމަށެވެ.

"ވަރަށް ބިނާކުރަނިވި ފާޑުކިޔާނީ. ކަންކުރަންވީ ގޮތް ކިޔާދީފައި ހިތްވަރު ވެސް ދޭނެ،" އޭނާ ބުންޏެވެ.

ކޮރިއޮގްރާފަރެއްގެ ރޯލުން ވިކީ ފެންނަ 'ގޯވިންދާ ނާމް މޭރާ' ޑިޒްނީ ހޮޓްސްޓާގައި ރިލީޒް ކުރާއިރު އެ ފިލްމުން ބޫމީ ޕެޑްނޭކަރު އަދި ކިއާރާ އަދަވާނީ ވެސް ފެންނާނެ އެވެ. ފިލްމު ރިލީޒް ކުރާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް