ޖިން
ބީޓީއެސްގެ ޖިން އަންނަ މަހު އަަސްކަރީ ހިދުމަތަށް
ކޮރެއާގެ ބޯއީ ބޭންޑު ބީޓީއެސްގެ މެންބަރު ޖިން އަންނަ މަހު އަސްކަރީ ހިދުމަތަށް ދާނެ ކަމަށް ބުނެފި އެވެ.
އެ ބޭންޑުގެ މެންބަރުން ފުރިހަމަ ކުރަންޖެހޭ އަސްކަރީ ހިދުމަތް އަދާކޮށް ނިމެންދެން ބޭންޑުގެ ހަރަކާތްތައް މެދުކަނޑާލާފައިވާއިރު ބޭންޑުގެ މަސައްކަތްތައް ދެން ފަށާނީ 2025 ވަނަ އަހަރު އެވެ. ބޭންޑުގެ ގޮތުގައި ނުފެނުނު ނަމަވެސް މެންބަރުންގެ އަމިއްލަ މަސައްކަތްތައް ފެންނާނެ އެވެ.
ކޮރެއާގެ ނިއުސް އެޖެންސީ އަކުން ބުނީ އަންނަ މަހުގެ 13 ގައި ޖިން އަސްކަރީ ހިދުމަތަށް ދާއިރު ފުރަތަމަ ފަސް ހަފްތާ ވަންދެން ބޭސިކް ޓްރެއިނިން ފުރިހަމަ ކުރާނެ ކަމަށާއި އޭގެ ފަހުން ފްރަންޓުލައިންގައި 18 މަސް ވަންދެން މަސައްކަތް ކުރާނެ ކަމަށެވެ.
އެއާއެކު އޭނާގެ އަސްކަރީ ހިދުމަތް ނިމޭނީ ޑިސެމްބަރު 2024ގަ އެވެ.
ޖިން ވަނީ މިފަހުން މަޝްހޫރު ބޭންޑު ކޯލްޑްޕްލޭ އިން އާޖެންޓީނާގައި ބޭއްވި ކޮންސެޓެއްގައި ބައިވެރިވެ، އޭނާ އާއި ކޯލްޑްޕްލޭ ގުޅިގެން އުފައްދާފައިވާ ލަވަ 'ދަ އެސްޓްރޮނޯޓް' ލައިވްކޮށް ޕާފޯމް ކޮށްފަ އެވެ.
ބީޓީއެސްގެ މެންބަރު ޖަންކުކް ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމް ކޮށްފަ އެވެ.