ކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން

ކިމް ބުނަނީ މިވަގުތު ބައިވެރިއަކު ބޭނުން ނުވާ ކަމަށް

ބައިވެރިއަކު ހޯދާ ނަމަ ހޯދާނީ ވިސްނުން ތޫނު މީހެއް ކަމަށް ކިމް ބުނި
18 ސެޕްޓެމްބަރު 2022

މިވަގުތު ބައިވެރިއަކު ބޭނުން ނުވާ ކަމަށާއި ލޯބިވެރިއަކު ހޯދަން މަސައްކަތް ނުކުރާ ކަމަށް ކިމް ކާޑޭޝިއަން ބުނެފި އެވެ.

ވިޔަފާރިވެރިޔާ އަދި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އާއި ރެޕާ ކާންޔޭ ވެސްޓުގެ ކައިވެނި ރޫޅުނުތަނާ ކިމް ވަނީ ކޮމީޑީއަން ޕީޓް ޑޭވިޑްސަންއާ ރައްޓެހިވެފަ އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ގުޅުން ނިންމާލީ އެ ދެ މީހުންގެ މިޒާޖު ތަފާތުވުމުން އެކުގައި ނޫޅެވޭ ކަމަށް ބުނެ އެވެ.

'ދަ ލޭޓް ނައިޓް ޝޯ ވިތު ޖޭމްސް ކޯޑެން'ގައި ބައިވެރިވެ ވާހަކަ ދައްކަމުން ކިމް ބުނީ މިހާރު ބޭނުންވަނީ ހަމަޖެހިލަން ކަމަށާއި އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް އޭނާގެ ލޯ ޑިގްރީ ނިންމާލަން ކަމަށެވެ.

ދެން ކުރިއަށް އޮތްތަނުގައި އޭނާ ފެންނާނީ ތަފާތުކޮށް ކަމަށާއި ބައިވެރިއަކު ހޯދާ ނަމަ ހޯދާނީ ވިސްނުން ތޫނު މީހެއް ކަމަށް ވެސް ކިމް ބުންޏެވެ.

"ސައިންޓިސްޓަކަށް ވެދާނެ، ޑޮކްޓަރަކަށް ނޫނީ އެޓާނީ އަކަށް ވެދާނެ. އަހަރެން ބޭނުންވަނީ އެކަހަލަ ސްމާޓް މީހެއް،" ކިމް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް