ނަޔަންތަރާ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ދެ ކުދިންގެ ނަމާ އެކު ވިގްނޭޝް ވަނީ ފޮޓޯތަކެއް ޓްވީޓްކޮށްފައި
10 އޮކްޓޯބަރު 2022

ސައުތު ސިނަމާގައި މަޝްހޫރު ތަރި ނަޔަންތަރާ އަދި ވިގްނޭޝް ޝިވަން އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

ވިގްނޭޝް ވަނީ އެމީހުންގެ އާއިލާ އަށް ދެ މެންބަރުން އިތުރުވިކަން އިއްޔެ އިއުލާނުކޮށް ޓްވީޓެއް ކޮށްފަ އެވެ. ދެ ފިރިހެން ކުދިންނަށް ކިޔާފައިވަނީ އުއްޔިރު އަދި އުލަގަމް އެވެ.

ވިގްނޭޝް އާއި ނަޔަންތަރާގެ ކައިވެނި ބޭއްވީ ޖޫން މަހު ޗެންނާއީގަ އެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ޝާހު ރުކް ހާން، އޭއާރު ރަހުމާން، ރަޖުނީ ކާންތު އަދި ސޫރިޔާ ހިމެނެ އެވެ.

އެމީހުންގެ ކައިވެނީގެ ވީޑިއޯ ނެޓްފްލިކްސް އަށް ވިއްކާފައިވާއިރު ނެޓްފްލިކްސް އިން އެ ކައިވެނި ޑޮކިޔުމެންޓްރީ އެއްގެ ގޮތުގައި ސްޓްރީމު ކުރާނެ އެވެ.

ނަޔަންތަރާ ވަނީ މިފަހުން ރިލީޒްކުރި 'ގޯޑްފާާދާ' އިން ފެނިފަ އެވެ. މީގެ އިތުރުން އަންނަ އަހަރު ރިލީޒްކުރާ ޝާހު ރުކް ހާންގެ ފިލްމު 'ޖަވާން' އިން ވެސް އޭނާ ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް