މަލައިކާ އަރޯރާ

މަލާއިކާ އަރޯރާ

'ސްޓޯކް' ކުރާ ވަރަށް މަލައިކާ އަށް ޓޮމް ކްރޫޒް ކަމުދޭ

މަލައިކާ ކުރިން ވެސް ވަނީ ޓޮމް ކްރޫޒްއަކީ އަބަދުވެސް އޭނާގެ ފޭވަރިޓް ކަމަށް ބުނެފައި
1 ސެޕްޓެމްބަރު 2022

އޭނާ ސޯޝަލް މީޑިއާގައި "ސްޓޯކު" ކުރަނީ އެންމެ ސެލެބްރިޓީ އަކަށް ކަމަށް މަލައިކާ އަރޯރާ ބުނެފި އެވެ.

ފިލްމުފެއާ އެވޯޑްސްގެ ރެޑް ކާޕެޓު އިވެންޓުގައި މަލައިކާއާ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ޓޮމް ކްރޫޒް އޭނާ އަށް ވަރަށް ރީތި ކަމަށާއި ޓޮމް ކްރޫޒްގެ ހުރިހާ ކަމެއް ބަލަމުން ގެންދާ ކަމަށެވެ. 

މަލައިކާގެ ފޭވަރިޓް ސެލެބްރިޓީ އަކީ ޓޮމް ކްރޫޒްކަން ޔަގީންވާ އެއް ކަމަކީ މި ހަފްތާ ތެރޭގައި އޭނާ އިންސްޓަގްރާމުގައި ޓޮމް ކްރޫޒް ޒުވާން އިރުގެ ފޮޓޯއެއް ޝެއާ ކުރުމުންނެވެ. މީގެ ކުރިން ވެސް ޓޮމް ކްރޫޒްގެ ފޭން ޕޭޖުތަކުން ޝެއާކުރާ ވީޑިއޯތައް އޭނާ ރީޕޯސްޓުކޮށް ޝެއާކޮށް ހަދަ އެވެ.

މިދިޔަ އަހަރު ވެސް ޓޮމްގެ ވީޑިއޯއެއް ޝެއާކޮށް މަލައިކާ ވަނީ އޭނާ އަބަދުވެސް އޭނާގެ ފޭވަރިޓް ކަމަށް ބުނެފަ އެވެ.

ފިލްމު ފެއާ އެވޯޑްސްގައި މަލައިކާ ފެނުނީ މަސްޓަޑް ކުލައިގެ ހެދުމެއްގަ އެވެ. ފިލްމު ފެއާގެ ރެޑް ކާޕެޓުން ފެނުނު އިތުރު ތަރިންގެ ތެރޭގައި ވިކީ ކޯޝަލް، ވަރުން ދަވަން، ދިއާ މިރުޒާ އަދި އަނިލް ކަޕޫރު ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް