ކިއާރާ އާއި ޝާހިދު ކަރަން ޖޯހަރާ އެކު

ކިއާރާ އަދުވާނީ

ޝާހިދު އަރާނެ ބޫޓެއް ނޭނގިގެން ޝޫޓިން ނުފެށި އަށް ގަޑިއިރު މަޑުކުރަން ޖެހުނު

ކިއާރާ ބުނީ އެހާ ގިނައިރު މަޑުކުރަން ޖެހުމުން ޝާހިދު ދެކެ ވަރަށް ހިތްހަމަނުޖެހުނު ކަމަށާއި ހިތާހިތުން ވަރަށް އެއްޗެހި ވެސް ކީ ކަމަށް
25 އޯގަސްޓު 2022

'ކަބީރު ސިންގު'ގެ މަސައްކަތް ކުރިއިރު، ޝާހިދު ކަޕޫރާ ހެދި ޝޫޓިން ނުފެށި އަށް ގަޑިއިރު ސެޓުގައި މަޑުކުރަން ޖެހުނު ކަމަށް ކިއާރާ އަދަވާނީ ބުނެފި އެވެ.

'ކޮފީ ވިތުު ކަރަން'ގެ މި ހަފްތާގެ އެޕިސޯޑުގެ މެހެމާނުންގެ ގޮތުގައި ބައިވެރިވަނީ ޝާހިދު އާއި ކިއާރާ އެވެ. އެ އެޕިސޯޑުގެ ޓީޒާއެއް އާންމުކޮށްފައިވާއިރު، އޭގައި ކިއާރާ ބުނީ ފިލްމުގެ މަސައްކަތް ފެށިތާ ތިނެއް ނޫނީ ހަތަރުވަނަ ދުވަހު އަށް ގަޑިއިރު ވަންދެން މަސައްކަތް ނުފެށި މަޑުކުރަން ޖެހުނު ކަމަށެވެ.

"އެމީހުން މަޝްވަރާ ކުރަމުންދިޔައީ ޝާހިދު އަރާނެ ބޫޓަކާ މެދު،" ކިއާރާ ބުންޏެވެ.

ކިއާރާ ބުނީ އެހާ ގިނައިރު މަޑުކުރަން ޖެހުމުން ޝާހިދު ދެކެ ވަރަށް ހިތްހަމަނުޖެހުނު ކަމަށާއި ހިތާހިތުން ވަރަށް އެއްޗެހި ވެސް ކީ ކަމަށެވެ.

އަރާނެ ބޫޓެއް ނުނިންމިގެން އެހާ ގިނަ އިރު މަޑުކުރަން ޖެހިއްޖެ ނަމަ އޭނާ ވެސް ރުޅިއަންނާނެ ކަމަށް ކަރަން ބުންޏެވެ.

'ކޮފީ ވިތު ކަރަން'ގެ ހަތްވަނަ ސީޒަންގައި މިދިޔަ ހަފްތާގައި ސިދާތު މަލޯތުރާ އާއި ވިކީ ކޯޝަލް ބައިވެރިވި އެޕިސޯޑުގައި، ސިދާތާ ގުޅޭގޮތުން ކިއާރާ ދެއްކި ބައެއް ވާހަކަތަކުގެ ޓީޒާ ދައްކާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް