ވެލާ ރިސޯޓުން ދޭ ފައިސާގެ އެހީ ރަމްޒީ ގޮތުން ހަވާލުކުރުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/ވެލާ ރިސޯޓް)

ވެލާ ރިސޯޓުން 3 ޖަމިއްޔާއަކަށް 750،000ރ. ހަދިޔާކޮށްފި

އެ ރިސޯޓަށް ފަސް އަހަރު ފުރުން ފާހަގަކުރަން 2018ގައި ފެށި ޗެރިޓީ ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ޖަމިއްޔާތަކަށް ފައިސާ ހަދިޔާ ކުރޭ

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖޭގެ ތިން އަމިއްލަ ޖަމިއްޔާއަކަށް މި އަހަރު ވެސް ޖުމްލަ 750،000ރ. ހަދިޔާކޮށްފި އެވެ. އެ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ވެސް ވެލާ ރިސޯޓުން ވަނީ 250،000ރ. ހަދިޔާކޮށްފަ އެވެ.

ވީ ކިހިނެއް؟ - ވެލާ ރިސޯޓަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި 2018ގައި ޗެރިޓީ ޕްރޮގްރާމެއް ވަނީ ފަށާފަ އެވެ. އެ ޕްރޮގްރާމުގެ ދަށުން:

  • ކޮންމެ އަހަރަކު ވެސް ޖަމިއްޔާތަކަށް ފައިސާ ހަދިޔާކުރޭ 

  • މި އަހަރު ވެސް ތިން އެންޖީއޯއަކަށް އެ ރިސޯޓުން ވަނީ ފައިސާ ހަދިޔާކޮށްފައި 

  • ފައިސާ ހަވާލު ކުރީ މިދިޔަ ބުދަ ދުވަހު

ތަފްސީލު - ވެލާ ރިސޯޓުން މި އަހަރު ވެސް ފައިސާ ހަދިޔާކުރީ:

  • ކެއާ ސޮސައިޓީ

  • ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް

  • މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ

ވެލާ ރިސޯޓުން ދޭ ފައިސާގެ އެހީ ރަމްޒީ ގޮތުން ހަވާލުކުރުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/ވެލާ ރިސޯޓް)

ބުނީ ކީކޭ؟ - ވެލާ ޕްރައިވެޓް އައިލެންޑުގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން އެ ޖަމިއްޔާތަކަށް ވެދީފައިވާ އެހީތެރިކަމުގެ ފައިދާ ފެންނަމުން އަންނަ ކަމަށެވެ.

"މި އުނދަގޫ ދުވަސްވަރު އެންމެ ދަތި ހާލުގައި އުޅެނީ އަދި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވަނީ އެންޖީއޯތައް،" އޭނާ ވިދާޅުވި އެވެ.

"ވެލާ ޕްރައިވެޓް އައިލެންޑުން އެންޖީއޯތަކަށް މި ދޭ އެހީތެރިކަން ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން."

ވެލާ ޕްރައިވެޓް އައިލެންޑް:

  • 47 ޕްރައިވެޓް ވިލާ؛ އޭގެ ތެރޭގައި 18 ވޯޓާ ވިލާ ހިމެނޭ

  • ގޮލްފް ކުޅެވޭ

  • އެންމެ ގިނަ ވައްތަރުތަކުގެ މޫދު ކުޅިވަރު ކުޅެވޭ އެއް ރިސޯޓް

  • ތަފާތު ފަސް ރެސްޓޯރެންޓް ހުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް