ޒަމާނީ ގިނަ ފަސޭހަތަކާއި ބާޒާރުކުރާ މީހުން އެދޭ ފަދަ ގިނަ ބަދަލުތަކާ އެކު މާލެ ސަރަހައްދުގައި މުޅިން އާ ސުޕަމާކެޓެއް ހުޅުވަން އަންނަނީ ތައްޔާރުވަމުން
ދިވެހިންގެ ބާޒާރު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް؛ ތައްޔާރުތަ؟
ނިކަން ހިތަށް އަރުވާލަބަލާށެވެ. ހަފްތާއެއްގެ ނުވަތަ މަސް ދުވަހުގެ ގްރޮސަރީ ޝޮޕިން، އެއް ފުރާޅެއްގެ ދަށުން ކޮށްލެވޭ ތަނެކެވެ. ތަފާތު އެކި ބްރޭންޑްތައް ޖީބަށް ލުއި އަގުތަކުގަ އެވެ. ހުރިހާ ރެކުތައް، ކަސްޓަމަރުން ގަޔާވާ ކަހަލަ މުދާތަކުން ފުރާލާފަ އެވެ. ކުރިން ބޭނުންވާކަން ނޭނގޭ ކަހަލަ މުދަލާ ވެސް އެކީގަ އެވެ. އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ސާމާނާއި 'ފެނި ގެއްލޭ' ނުވަތަ ހޯދަން އުނދަގޫ ސާމާނެވެ.
ސުޕަމާކެޓެއްގައި ރަނގަޅު ހިދުމަތެއް ނުލިބިގެން ދެން ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. ނޫނީ ޖީބަށް ނުކަތާވަރަށް އަގުބޮޑުވެގެން ވިސްނާކަށް ވެސް ނުޖެހޭނެ އެވެ. ގަންނަން އުޅޭ އެއްޗެއް ނުލިބިގެން އެހެން ފިހާރައަކަށް ވެސް ދާކަށް ނުޖެހޭނެ އެވެ.
މިހާރު ހިތަށް ތިޔަ ގެނެވުނީ ހިތްހަމަޖެހިލައިގެން ޝޮޕިން ކޮށްލަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް 'ޑްރީމް ސުޕަމާކެޓް' އެވެ. އެކަމަކު މިއީ ހަމައެކަނި ހިޔާލެއް ނޫނެވެ. މިކަން ހަގީގަތަކަށް ވާން ދެން އޮތީ މަދު ހަފްތާތަކެކެވެ.
މިއީ ދިވެހިންގެ ބަޒާރު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަރުގެ ސުޕަމާކެޓެކެވެ. ތަނުގެ ނަން އާންމުންނާ ހަމައަށް ތިލަކުރުން އޮތީ އެންމެ ފަހަށް ބޭއްވިފަ އެވެ. ނަމަވެސް މި ސުޕަމާކެޓު އޭގެ މައްޗަށް ބިނާކޮށްފައިވާ ތިން ކަމެއް ބުނެވިދާނެ އެވެ. އެއީ:
-
ޗީޕް
-
ޗޮއިސަސް
-
ކޮންވީނިއެންޓް
ވިއްކާ ގިނަ މުދާ އަގުހެޔޮވާނެ އެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ އެވެ. ބާޒާރު ކުރުމުގެ ތަޖުރިބާ ބައްޓަން ކުރަނީ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަވާނެ ފަދަ ގޮތްތައް ބަލައިގެންނެވެ. މިއީ މި ސުޕަމާކެޓު އެ ކަންކަމުގެ މައްޗަށް ގާއިމުވެގެންވާ ތިން އަސާސެވެ. ނުވަތަ ތިން ސިފަ އެވެ.
ޗީޕް
މި ސުޕަމާކެޓުގެ އެންމެ މުހިންމު އެއް ސިފަޔަކީ މި ތަނުން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލެއް ވެސް ވާދަވެރި އަގުތަކެއްގައި ކަސްޓަމަރުންނަށް ލިބުމެވެ. އެއީ ކޮލެޓީ ގެއްލުވާނުލަ އެވެ. މާނައަކީ ހެޔޮ އަގެއްގައި ރަނގަޅު ބާޒާރެއް ކޮށްލަން ބޭނުންވާ ކޮންމެ ކަސްޓަމަރަކަށް ވެސް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް އަގުހެޔޮކޮށް ލިބުމެވެ. ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރަން ނުޖެހުމުގެ ޔަގީންކަން ލިބުމެވެ.
ޗޮއިސަސް
މީގެ މާނައަކީ ތަފާތު އެކި ބްރޭންޑްތަކުގެ މުދާ ދޭތެރެއަކުން ލިބެން ހުރުމެއް ނޫނެވެ. ތަފާތު ސައިޒުތަކާއި ތަފާތު ރަހަތައް ވެސް ހިމެނޭ ގޮތަށް ތަފާތު ބްރޭންޑުތަކުގެ މުދާ އަބަދުވެސް ލިބެން ހުރުމެވެ. މި ތަނުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ އެފްއެމްސީޖީ (ފާސްޓް މޫވިން ކޮންސިއުމާ ގުޑްސް)އަށެވެ. އެކި ފާޑުފާޑުގެ ކާބޯތަކެތީގެ ބާވަތްތަކާއި ހޯމް ކެއާ ޕްރޮޑަކްޓްތަކާއި ކައްކަން ބޭނުންވާ ސާމާނު އަދި ހައިޖީން ޕްރޮޑަކްޓްސް މި ބައިން ގަންނަން ލިބޭނެ އެވެ.
ދެން އިތުރަށް ކަސްޓަމަރަކު ގޭތެރެއަށް ބޭނުންވާނެ އެހެން ހުރިހާ ބާވަތެއްގެ މުދާ ހުންނާނީ ފުރަތަމަ ފަންގިފިލާގަ އެވެ. ޕާސަނަލް ކެއާ، ހޯމް އެޕްލަޔަންސަސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްރޮޑަކްޓްސް އަދި އުފަންދުވަހާއި ވެޑިން ފަދަ ތަފާތު މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނުން ފެށިގެން ގޮސް ލިނެންގެ އެކި އުފެއްދުންތަކާއި ކުޑަކުދިން ކުޅޭ ސާމާނު ވެސް މި ތަނުން ލިބޭނެ އެވެ.
ކުއްލިއަކަށް ޕާޓީއެއް ބާއްވަން ޖެހިއްޖެ ނަމަ ޑެކަރޭޓު ކުރަން ބޭނުންވާ ސާމާނު ވެސް މި ތަނުން ގަނެ، އެކަން އިންތިޒާމުކޮށްލެވިދާނެ އެވެ. ނޫނީ ކުއްލިއަކަށް ޕާޓީއަކަށް ދާން ޖެހިއްޖެ ނަމަ އެންމެ އެކަށީގެންވާ ކަހަލަ ގިފްޓް ސެޓެއް ވެސް މި ތަނުން ހޯދާލެވިދާނެ އެވެ.
ކޮންވީނިއެންޓް
މި ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ އެންމެ ކަމެއްގެ ވަށައިގެންނެވެ. އެއީ ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ބިޒީ ޝެޑިއުލްއެއްގައި އުޅޭ ކަސްޓަމަރުންނަށް ހެނދުނު ކިތަންމެ އަވަސް ގަޑިއެއްގައި ވިޔަސް ނުވަތަ ރޭގަނޑު ކިތަންމެ ލަސް ގަޑިއެއްގައި ވިޔަސް ބާޒާރުކޮށްލެވޭނެ 'ފްލެކްސިބަލް' ގަޑިތައް މި ތަނުގައި ހަމަޖެހިފައި އޮންނާނެ އެވެ.
ވީމާ މިހާރުއްސުރެ އުފާވެރިކަން އިހުސާސްކުރަން ފަށާށެވެ. ބާޒާރު ކުރުމުގައި ދިމާވާ ގިނަ މައްސަލަތަކަށް ހައްލެއް ލިބެން ދެން އޮތީ މަދު ހަފްތާތަކެކެވެ. މި މުއްދަތުގެ ތެރޭގައި މި ސުޕަމާކެޓްގެ ނަމާއި އެ ނޫނަސް މުހިންމު އިތުރު މައުލޫމާތު، އެ ތަން ހުޅުވުމުގެ ކުރިން، އާންމުންނަށް ދެމުން ގެންދާނެ އެވެ.
ކޮމެންޓް (1)
ފާތުން