ވޯލްޑް ޓްރެވަލް އެވޯޑްސް 2025ގައި ރާއްޖެއަށް ލިބުނު އެންމެ މަގުބޫލު މަންޒިލްގެ އެވޯޑާ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ހަވާލުވެވަޑައިގަންނަވަނީ (ފޮޓޯ/ވޯލްޑް ޓްރެވަލް އެވޯޑްސް)
ޓޫރިޒަމްގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލް ޓޫރިޒަމް މަންޒިލްގެ އެވޯޑް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.
ފާހަގަކޮށްލެވޭ - މީގެ އިތުރުން ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލް ފެހި މަންޒިލްގެ އެވޯޑް ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ. މީގެ އިތުރަށް ވެސް ރާއްޖެ އާއި ރާއްޖޭގެ ރިސޯޓްތަކަށް ފަހުރުވެރި އެވޯޑްތަކެއް ވަނީ ލިބިފަ އެވެ.
ވީ ކިހިނެއް؟ - ޕޯޗުގަލްގެ މެރީޑާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
ތަފްސީލް - ރާއްޖޭގެ ޕްރޮމޯޝަން އެޖެންސީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވެސް ބައިވެރިވެ ވަޑައިގަތް އެ ހަފްލާގައި ދެން ރާއްޖެއަށް ލިބުނު އެވޯޑްތަކަކީ:
-
އެންމެ މަގުބޫލް އެއާޕޯޓް ރިސޯޓް - ހުޅުލޭ އައިލެންޑް ހޮޓަލް
-
އެންމެ މަގުބޫލް ހަނީމޫން ރިސޯޓް - ވައްކަރު މޯލްޑިވްސް
-
އެންމެ މަގުބޫލް ޕްރައިވެޓް ރިސޯޓް - ވެލާ ޕްރައިވެޓް އައިލެންޑް
-
އެންމެ މަގުބޫލު ވޯޓާ ވިލާ ރިސޯޓް - އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ބުނީ ކީކޭ؟ - ފައިސަލް ވިދާޅުވީ މިފަދަ ޝަރަފުވެރި އެވޯޑްތައް ރާއްޖެއަށް ލިބެނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި މިފަދަ އެވޯޑްތައް ލިބުމަކީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރަށް ފަސޭހަވެގެން ދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މިއަހަރުގެ ކުރީކޮޅު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ވެސް ރާއްޖެއަށް ވަނީ އެވޯޑުތަކެއް ލިބިފަ އެވެ. އެގޮތުން ލިބުނު އެވޯޑްތަކަކީ:
-
އިންޑިއަން އޯޝަން ކެޓަގަރީން ލީޑިން ޑެސްޓިނޭޝަން
-
ލީޑިން ހަނީމޫން ޑެސްޓިނޭޝަން
-
ލީޑިން ގްރީން ޑެސްޓިނޭޝަން
-
ލީޑިން ޑައިވް ޑެސްޓިނޭޝަން
ކޮމެންޓް (1)
ބާބޫ