ޔޫނިއަންޕޭ ކާޑު ތައާރަފްކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)
ސީބީއެމްއިން ރާއްޖެއަށް ޔޫނިއަންޕޭ ކާޑު ތައާރަފްކޮށްފި
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އިން ޗައިނާގެ 'ޔޫނިއަންޕޭ' ކާޑު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ދިވެހި ވިޔަފާރިތަކާއި ދަތުރުވެރިންނަށް ފޮރިން ޓްރާންސެކްޝަން ހެދުމުގައި ލުއިތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ސީބީއެމްއިން ތައާރަފްކުރި ހިދުމަތެކެވެ.
ތަފްސީލު - ރޭ ކުރުނބާގައި ބޭއްވި ރަސްމިއްޔާތުގައި ޔޫނިއަންޕޭގެ ކާޑުގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ:
-
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ކައުންސެލަރު ޖޭންގް ޝޫ
-
ސީބީއެމްގެ ސީއީއޯ އެލްމޯ ސޫރިޔާރައްޗީ
-
ކޮމާޝަލް ބޭންކް އޮފް ސިލޯންގެ އެމްޑީ، ސީއީއޯ އަދި ސީބީއެމްގެ ޑެޕިއުޓީ ޗެއާމަން ސަނާތު މަނަތުންގެ
-
ޔޫނިއަންޕޭގެ ދެކުނު އޭޝިއާ އާއި ދެކުނުއިރުމަތީ އޭޝިއާގެ ޖެނެރަލް މެނޭޖަރު ކައި ހައިމިން
ސީބީއެމްއިން ވަނީ ޔޫނިއަންޕޭގެ ތިން ބާވަތެއްގެ ކާޑު ތައާރަފްކޮށްފަ އެވެ. އެއީ:
-
1-
ޑެބިޓް ޕްލެޓިނަމް
-
2-
ކްރެޑިޓް ޕްލެޓިނަމް
-
3-
ކްރެޑިޓް ކްލެސިކް
މި ކާޑުތައް އެންމެ ފުރަތަމަ ބޭނުންކުރެވޭނީ، ސީބީއެމްއިން ބުނާ ގޮތުގައި، ހަމައެކަނި ބައިނަލްއަގްވާމީ ޓްރާންސެކްޝަންތަކަށެވެ.
ޔޫނިއަންޕޭ
-
183އަށް ވުރެ ގިނަ ގައުމުތަކުން ގަބޫލުކުރޭ؛ މިއީ ބޭރަށް ދަތުރުކުރާ މީހުންނާއި ބޭރުގައި ވިޔަފާރިކުރާ މީހުންނަށް ލިބޭނެ ބޮޑު ފަސޭހައެއް
-
އެކި ޑިސްކައުންޓުތަކާއި ތަފާތު ޕްރޮމޯޝަންތަކުން ޓްރެވަލް ބެނިފިޓްސް ލިބޭނެ
-
އޮންލައިން އަދި އޮފްލައިން ޓްރާންސެކްޝަން ހެދޭނެ
-
24/7 ކަސްޓަމާ ސަޕޯޓް ހިދުމަތް
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އިން ޗައިނާގެ 'ޔޫނިއަންޕޭ' ކާޑު ރާއްޖެއަށް ތައާރަފްކޮށްފި.
— Dhauru (@Dhaurunews) November 27, 2024
އިތުރަށް ކިޔާލަން: https://t.co/mVA74IQg3o pic.twitter.com/CZa0fEYGrR
ކޮމެންޓް (1)
ޙިރިގާ