ގައުމީ އީސްޕޯޓްސް ޓީމުގެ މެމްބަރުން ރިޔާދަށް ފުރުމުގެ ކުރިން. (ފޮޓޯ/ސިމްޑީ)
ބިއޯންޑުން ދިވެހި ގައުމީ އީ-ސްޕޯޓްސް ޓީމު ގޮވައިގެން ވޯލްޑް އީސްޕޯޓްސް ޗެމްޕިއަންޝިޕަށް
ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން، ބިއޯންޑްއިން ވޯލްޑް އީސްޕޯޓްސް ޗެމްޕިއަންޝިޕްއަށް ދިވެހި ގައުމީ އީސްޕޯޓްސް ޓީމު ގެންގޮސްދީފި އެވެ.
ވީ ކިހިނެއް؟ - ވޯލްޑް އީސްޕޯޓްސް ޗެމްޕިއަންޝިޕްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވީޑިއޯ ގޭމަރުން އެއް ތަނަކަށް ގެންގޮސް، ގޭމަރުންނަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް މުބާރާތެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގަ އެވެ.
ތަފްސީލު - އެ މުބާރާތުގައި ބައިވެރިވާ ދިވެހި ގައުމީ އީސްޕޯޓްސް ޓީމު ރާއްޖެއިން ރިޔާދަށް ފުރީ 16 ނޮވެމްބަރުގަ އެވެ. އަދި އެނބުރި އަންނާނީ 26 ނޮވެމްބަރުގަ އެވެ.
ދިވެހިންގެ ހުނަރު ކުރިއަރުވަން އެހީތެރިވުމަށް ބިއޯންޑުން ދޭ އަހަމިއްޔަތުކަމުގެ ދަށުން މި އެތުލީޓުން ބައިނަލްއަގްވާމީ ސްޓޭޖަކަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ، އެ ކުންފުނިން ބުނި ގޮތުގައި ލިބޭ އުފަލެކެވެ.
"ދިވެހި ގައުމީ އީސްޕޯޓްސް ޓީމުން ވޯލްޑް އީސްޕޯޓްސް ޗެމްޕިއަންޝިޕަށް ކުރާ ދަތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަހުރެއް،" ބިއޯންޑުގެ ސީއީއޯ ޓެރޯ ޓަސްކީލާ ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ ސްޓޭޖެއްގައި ރާއްޖެ ތަމްސީލުކުރުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ އުފަލެއް. އަޅުގަނޑުމެން އެދެނީ މި ޓީމަށް ކާމިޔާބީއަށް."
ބިއޯންޑް
-
ބިއޯންޑަކީ ރާއްޖޭގެ ސިމްޑީ ކުންފުންޏާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން
-
އެ އެއާލައިންގެ ދަތުރުތައް ސައުދީ އަރަބިއްޔާގެ ރިޔާދު، ޖަރުމަނުގެ މިއުނިކް، ސްވިޓްޒަލެންޑްގެ ޒިއުރިކް، އިޓަލީގެ މިލިއަން، ޔޫއޭއީގެ ދުބާއީއަށް ކުރޭ
-
ބިއޯންޑުގެ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ319 އާއި އޭ321 މަރުކާގެ ބޯޓުތަކެއް
-
މިއީ އެންމެ މަތީ ފެންވަރުގެ ސީޓުތަކާ އެކު ހިދުމަތް ދޭ ބޯޓުތަކެއް
ކޮމެންޓް