ބޭންކް އޮފް މޯލްޑިވްސް (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ކުނި މެނޭޖްމަންޓު މަޝްރޫއުއަށް ޖަމިއްޔާތައް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'ވޭސްޓް މެނޭޖްމަންޓު ގްރާންޓް ޕްރޮޖެކްޓު' ކާމިޔާބުކުރި ޖަމިއްޔާތައް ހޮވައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ އާދަތައް ކުރިއަރުވަން އަމާޒުކޮށްގެން ބީއެމްއެލްއިން ހިންގާ މަޝްރޫއެކެވެ.
ތަފްސީލު - އެ މަޝްރޫއު ކާމިޔާބުކުރީ:
ލިވް އެންޑް ލާން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް
-
މި މަޝްރޫއުއަށް ބޭންކުން ތިން ގްލާސް ކްރަޝާ މެޝިން ފޯރުކޮށްދޭނެ
-
އެއީ ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށަށް
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)
-
މި މަޝްރޫއަށް ބޭންކުން އެއް ގްލާސް ކްރަޝާ މެޝިން އަދި އެއް ބޭލާ ފޯރުކޮށްދޭނެ
-
އެއީ ހުޅުމާލޭގައި ބޭނުންކުރުމަށް
ބީއެމްއެެލްއިން ބުނީ މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ހަރަދު ކުޑަކޮށް އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެ ކަމަށެވެ.
މި މަޝްރޫއަކީ ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މަޝްރޫއެކެވެ.
ކޮމެންޓް