އެސްޓީއޯއިން އަލަށް ނެރުނު ހިޓާޗީ ޑިޝްވޮޝާތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެސްޓީއޯ

އެސްޓީއޯއިން ހިޓާޗީގެ ޒަމާނީ ޑިޝްވޮޝާތަކެއް ބާޒާރަށް ނެރެފި

ތަށި ދޮވުމާއި ހިއްކުން ފަސޭހަކޮށްދޭ ޒަމާނީ ގިނަ ފީޗާތައް ހިމެނޭ ހިޓާޗީ ބްރޭންޑުގެ މި ޑިޝްވޮޝާތައް ޑިސްކައުންޓު އަގެއްގައި ގަނެ، ނަސީބުވެރިޔަކަށް 20،000ރ. ފައިސާ އިނާމު ލިބޭ ޕްރޮމޯޝަނެއް ވެސް އެސްޓީއޯއިން ވަނީ ފަށާފައި
22 އޮކްޓޯބަރު 2024

ހާއްސަ ޕްރޮމޯޝަނަކާ އެކު އެސްޓީއޯއިން ޒަމާނީ ގިނަ ސިފަތަކެއް ހިމެނޭ ހިޓާޗީ ބްރޭންޑުގެ ދެ ޑިޝްވޮޝާ އިއްޔެ ބާޒާރަށް ނެރެފި އެވެ.

ވީ ކިހިނެއް؟ - އެ ޑިޝްވޮޝާތައް ތައާރަފްކޮށް، ޕްރޮޑަކް ލޯންޗިން ޕްރޮމޯޝަން ފެށީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

'ކްލީން އެންޑް އެފަޓްލެސް ލިވިން ވިތު ހިޓާޗީ ޑިޝްވޮޝާޒް'

  • މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށް

  • އަލަށް ނެރުނު ހިޓާޗީ ޑިޝްވޮޝާތައް ޑިސްކައުންޓު އަގެއްގައި ގަނެވޭނެ

  • ނަސީބުވެރި އެއް ފަރާތަކަށް 20،000ރ.ގެ ފައިސާގެ އިނާމު

ޒަމާނީ 2 ޑިޝްވޮޝާ؛ ތަށިދޮވުން ފަސޭހަކޮށްދޭ، ބެކްޓީރިއާ ނައްތާލަދޭ

އެސްޓީއޯއިން އަލަށް ނެރުނު ހިޓާޗީ HDF-F158CVGB އާއި HDF-F146VX މޮޑެލްގެ ޑިޝްވޮޝާތައް އުފައްދާފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށެވެ.

އޭގެ ތެރެއިން HDF-F146VXގައި ހިމެނެނީ 6 ޕްރޮގްރާމާއި 14 ޕްލޭސް ސެޓިން ކެޕޭސިޓީއެކެވެ. އަދި HDF-F158CVGB ގައި 8 ޕްރޮގްރާމާއި 15 ޕްލޭސް ސެޓިން ކެޕޭސިޓީ ހިމެނޭއިރު، މިއީ 43 ޑެސިބަލްސްއަށް އަޑުމަޑުކޮށް އޮޕަރޭޓުކުރާ، ތަށި ދޮވެ ނިމުމުން އަވަހަށް ތަށި ހިއްކަން އޮޓޯއިން ދޮރު ހުޅުވުން ފަދަ އިތުރު ފީޗާތައް ހިމެނޭ ޑިޝްވޮޗާއެކެވެ.

2 ޑިޝްވޮޝާގެ މުހިންމު ފީޗާތައް:

  • ކޮންމެ ސައިކަލްއަކަށް ބޭނުންކުރާނީ 9.5 ލީޓަރުގެ ފެން

  • 'ފޭން އެސިސްޓެޑް ޑްރައިން' ސިސްޓަމް

  • ގަދަ ހޫނުން %99.999 ބެކްޓީރިއާ ނައްތާލަދީ، ސާފުތާހިރުކަން ކަށަވަރުކޮށްދޭނެ

އެސްޓިއޯއިން ލޯންޗުކުރާ މި ދެ ޑިޝްވޮޝާއަކީ، އެ ކުންފުނިން ބުނާ ގޮތުގައި ފީޗާތައް އެންމެ ގިނަ އަދި އަތުން އެންމެ ބޮޑު ހަރަދެއް ސަލާމަތްކޮށްދޭނެ ޑިޝްވޮޝާތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް