ވިލާ ސިމެންތި ބަސްތާތަކެއް ދޯންޏަކަށް ބަރުކުރަނީ (ފޮޓޯ/ވިލާ ހަކަތަ)

ވިލާ ހަކަތަ

ވިލާ ސިމެންތި ބަސްތާއަކުން 25ރ. ބޮޑުކޮށްފި

ވިލާ ސިމެންތި އަގުބޮޑުކުރި މައިގަނޑު ސަބަބަކީ ޑޮލަރު ލިބުން ދަތިވުމާއި ޑޮލަރުގެ އަގު މިދުވަސްވަރު ބޮޑުވުން
16 އޮކްޓޯބަރު 2024
3

ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތި ބަސްތާއަކުން 25ރ. ބޮޑުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ވިލާ ހަކަތައިން ބުނީ މި ހަފްތާއިން ފެށިގެން އެ ކުންފުނިން ސިމެންތި ބަސްތާއެއް ވިއްކަމުން ދަނީ ޖީއެސްޓީއާ އެކު 140ރ.އަށް ކަމަށެވެ. މީގެ ކުރިން ޖީއެސްޓީއާ އެކު ސިމެންތި ބަސްތާއެއް ވިއްކީ 115ރ. އަށެވެ. 

ތަފްސީލް - ވިލާ ހަކަތައިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ސިމެންތީގެ އަގު ބޮޑުކުރަން ޖެހުނީ ޑޮލަރު ލިބުން ދަތިވުމާއި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. އަދި ހޯލް ސޭލް ކުރާ އަގަކީ ވެސް މިވަގުތު އެއީ ކަމަށް ވެސް ވިލާއިން ބުންޏެވެ. 

"މި ޝިޕްމަންޓުން ފެށިގެން މި އަގުބޮޑުކުރީ. އެއީ ބޮޑަށް ޑޮލަރުގެ މައްސަލަ އުޅޭތީ،" އޮފިޝަލް ވިދާޅުވި އެވެ. 

ވިލާ ސިމެންތި އަގުބޮޑުކުރި ނަމަވެސް އެހެން ސަޕްލަޔަރުން ވިއްކާ ސިމެންތީގެ އަގު އަދި ބޮޑުކޮށްފައެއް ނުވެ އެވެ. 

ވިލާ ހަކަތަ

ޕްރޮފައިލް ޕޭޖް
sales@vhpl.mv

ކޮމެންޓް (3)

އާދަނު

17 އޮކްޓޯބަރު 2024
ވިލާގެ ރިސޯޓް ތަކުން ލިބޭ ޑޮލަރު ގާސިމްއަތުން ކުންފުނިތަކަށް ގަންނަން ޖެހެނީ އަގުބޮޑުކޮށްދޯ؟ އެހންވީމާ ބޮޑުކުރަން ޖެހޭނެ
0 0

ޑޯޕް

17 އޮކްޓޯބަރު 2024
GAUMEH NEH
0 0

އިމޯ

16 އޮކްޓޯބަރު 2024
ގާސިންބެ ރިސޯޓު މުވައްޒަފުންނަށް ކުޑަ މުސާރަ ދީފަ ނުވިތާކަށް ސާރވިސްޗާރޖު ކާލާފަ އަދިވެސް މިކިޔަނީ ލާރި ނެތިއްޔޭ. ހާދަހާ ބޮޑާ ދަހި ކަމެއް އަރާލާފަ އެބަހުއްޓޭ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް