އަސޭރިއާ މަޝްރޫއު ނިމުމުން ހުންނާނެ ގޮތް ދައްކުވައިދޭ ރެންޑާއެއް.
އަސޭރިއާ: ޒަމާނީ ތަރައްގީ އާއި ގުދުރަތީ ހިތްފަސޭހަކަން 1 ތަނަކުން
ޒަމާނުއްސުރެ ދިވެހިން ދިރިއުޅެމުން އައިސްފައިވަނީ ރާއްޖޭގެ ގުދުރަތީ މާހައުލުން ލިބޭ ހިތްފަސޭހަކަމުގެ ތެރޭގައި އެވެ. ދިރިއުޅެން އެޅި ގެތަކާއި ގުދުރަތީ މާހައުލާ ވަކިނުވާ ފަދަ ގޮތަކަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ އިރުއުތުރު އައްސޭރީގައި ބެޗް ކޮންސްޓްރަކްޝަނާއި އެޗުޑީސީ ގުޅިގެން މިހާރު ތަރައްގީކުރަމުން އަންނަ 'އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް'އަކީ ރާއްޖޭގެ ފުރަތަމަ ގޭޓަޑް ނެއިބަހުޑް އެވެ.
އަސޭރިއާ
-
ޖުމްލަ 73 ޔުނިޓްސް
-
އަސޭރިއާ އަކީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ އެންމެ އިރުއުތުރަށް އޮންނަ ސަރަހައްދެއް
-
އަސޭރިއާގައި ތަފާތު 3 ބާވަތެއްގެ ޔުނިޓު ހުންނާނެ؛ އެއީ ބީޗު، ގާޑަން އަދި އާބަން
-
ކޮންމެ ޔުނިޓެއްގައި ކާރާއި ސައިކަލު ޕާކު ކުރާނެ ގަރާޖަކާއި ސުވިމިން ޕޫލް އަދި ހޯމް އެލެވޭޓާއެއް ހުންނާނެ
-
އަސޭރިއާގައި ތަރައްގީކުރާ ފަރުމާކޮށްފައިވަނީ ސާފު ވަޔާއި އިރުގެ އަލިކަން ގޭތެރެއަށް ލިއްބައިދޭ ގޮތަށް އަދި މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް
-
އިރުގެ އަލިކަން ލިބޭނެހެން ސްކައި ލައިޓް ލެވި އަދި ގުދުރަތީ އައްޔާއި ސާފު ވައި ލިބޭނެހެން ޔުނިޓު ވަށައިގެން ކުޑަދޮރުތައް ލާފައިވާނެ
ބީޗް ޑުވެލިންގްސް – 37 ޔުނިޓު
- ޓޯޓަލް ފުޓް ޕްރިންޓް އޭރިއާ 1،614 އަކަފޫޓު އަދި އެވަރޭޖް ލޭންޑް އޭރިއާގައި 2،600 އަކަފޫޓު ހުންނާނެ
- ހަތަރު ފަންގިފިލާ ހުންނަ މި ޔުނިޓުތަކުގެ ގޯތިތެރެއިން ބީޗް އެކްސެސް ލިބޭނެ
- ގޯތި ތެރޭގައި މޫދާވީ ފަޅީގައި ސްވިމިން ޕޫލެއް ހުންނާނެ
- 4+1 ކޮޓަރި (ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާއެއް ހުންނާނެ)
- އިރުގެ އަލިކަން ލިބޭނެހެން ސްކައި ލައިޓް ލެވި، ގުދުރަތީ އައްޔާއި ސާފު ވައި ލިބޭނެހެން ޔުނިޓު ވަށައިގެން ކުޑަދޮރުތައް ލެވިފައިވާނެ
ގާޑެން ޑުވެލިންގްސް – 14 ޔުނިޓްސް
- ޓޯޓަލް ފުޓް ޕްރިންޓް އޭރިއާ 1،528 އަކަފޫޓު އަދި އެވަރޭޖް ލޭންޑް އޭރިއާގައި 2،368 އަކަފޫޓު ހުންނާނެ
- މިއީ ފަސް ފަންގިފިލާގެ ދެ ޑުޕްލެކްސް ހިމެނޭހެން ތަރައްގީކުރެވޭ ޔުނިޓުތަކެއް
- ތިރީ ޑުޕްލެކްސް (ފުރަތަމަ ތިން ފަންގިފިލާ)ގައި ހުންނާނީ 3+1 ކޮޓަރި؛ މަތީ ޑުޕްލެކްސް (އެންމެ މަތީ ދެ ފަންގިފިލާ)ގައި ދެ ކޮޓަރި އަދި ގްރައުންޑް ފްލޯގައި ވަކިން އެއް ކޮޓަރި ހުންނާނެ (ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާއެއް ހުންނާނެ)
- ކޮންމެ ޑުޕްލެކްސްއެއްގައި ވަކި ލިވިން އޭރިއާ، ބަދިގެ އަދި ޑައިނިން އޭރިއާއެއް ހުންނާނެ
- ފުރަތަމަ ފަންގިފިލާއިން 'އެލެވޭޓަޑް ގާޑެން'އަށް ނުކުމެވޭނެ
އާބަން ޑުވެލިންގްސް – 22 ޔުނިޓްސް
- ޓޯޓަލް ފުޓް ޕްރިންޓް އޭރިއާ 1،130 އަކަފޫޓު އަދި އެވަރޭޖް ލޭންޑް އޭރިއާގައި 1،722 އަކަފޫޓު ހުންނާނެ
- މި ޔުނިޓުތަކުގައި ހުންނާނީ ޑުޕްލެކްސް ލޭއައުޓެއްގައި ޖުމްލަ ފަސް ފަންގިފިލާ
- ތިރީ ޑުޕްލެކްސްގައި 2+1 ކޮޓަރި އަދި މަތީ ޑުޕްލެކްސްގައި ދެ ކޮޓަރި ހުންނާނެ؛ ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާއެއް ހުންނާނެ
- ޖުމްލަ 4+1 ކޮޓަރި ހުންނާނެ
ކްލަބް ހައުސް
އަސޭރިއާ ނެއިބަހުޑްގައި ދިރިއުޅޭ މީހުންނަށް އިތުރު ހިދުމަތްތައް ފަހިކޮށްދިނުމަށްޓަކައި ހާއްސަ ކްލަބް ހައުސްއެއް ނެއިބަހުޑްގައި ގާއިމްކުރާނެ އެވެ. ކްލަބް ހައުސްގައި ޖިމް، މަލްޓިޕާޕަސް ހޯލް، ބިޒްނަސް ސެންޓަރު، ކެފެޓީރިޔާ، ކޮންވީނިއެންސް ސްޓޯރު އަދި ގާޑް ހައުސްއަކާއި މެޑިކަލް ކޯލް ސެންޓަރެއް ހިމެނޭނެ އެވެ.
އެލެވޭޓަޑް ގާޑަން
އެލެވޭޓަޑް ގާޑަންއަކީ އަސޭރިއާ ނެއިބަހުޑްގެ މެދަށް ވާ ގޮތަށް އޮންނަ ކޮމިއުނިޓީ ޕާކެކެވެ. މިތަނުގައި ހިތްގައިމު ތަފާތު ވައްތަރުގެ ގަސްތަކާއި އިށީނދެލައިގެން ތިބެވޭ ކަހަލަ އަށި ބަހައްޓާފައި ހުންނާނެ އެވެ.
މުހިންމު ނުކުތާތައް
-
މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި އަންނަނީ ކުރަމުން
-
މަޝްރޫއު ނިމޭނެކަމަށް ލަފާކުރަނީ 2027ގެ ތެރޭގައި
-
އިތުބާރާއެކު ފައިސާ ދެއްކޭނެކަން ޔަގީންކޮށްދިނުމަށްޓަކައި ބުކިން ފީ އާއި ޔުނިޓަށް ދައްކާ ފައިސާ ޖަމާކުރާނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ގާއިމުކޮށްފައިވާ، އެޗުޑީސީއާއި ބެޗް ކޮންސްޓްރަކްޝަންގެ ޖޮއިންޓް އެސްކްރޯ އެކައުންޓަށް
ޑިވެލޮޕަރު: ބެޗް ކޮންސްޓްރަކްޝަން
ބެޗް ކޮންސްޓްރަކްޝަން ވުޖޫދުވީ 2004 ވަނަ އަހަރުގަ އެވެ. މިވީ 20 އަހަރުގެ ތެރޭގައި ބޮޑެތި ޕްރޮޖެކްޓުތައް ކާމިޔާބުކަމާ އެކު ނިންމައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި ބެޗް ކޮންސްޓްރަކްޝަންއަކީ ވެސް އިތުބާރު ހިފޭ އެއް ކުންފުންޏެވެ.
އެ ކުންފުނީގެ 400އަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ފާހަގަކޮށްލެވޭ ގިނަ ޕްރޮޖެކްޓުތަކެއް އެ ކުންފުނިން ވަނީ ކާމިޔާބުކަމާ އެކު ކުރިއަށްގެންގޮސްފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ހުޅުމާލޭގައި ތަރައްގީކުރި 70 ޔުނިޓުގެ މެރީނާ ވިއު – ބެޗު އެޕާޓްމަންޓްސް އެވެ.
އަސޭރިއާގެ ސޭލްސް ޝޯރޫމް އަދި ސައިޓް ބަލަން ބޭނުންނަމަ، 7995659 އަށް ގުޅާލުމުން ސައިޓް ވިޒިޓް ހަމަޖައްސައިދޭނެ އެވެ.