އުރީދޫ އައިފޯން 16 ސީޜީޒްގެ މޮޑެލްތައް
އައިފޯން 16 ގަނެފިންތަ؟ މޫލީ މެދުވެރިކޮށް އެލްއިން އަވަހަށް ޕްރީއޯޑާ ކޮށްލާ
އެޕަލްއިން މި މަހު ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލުމާ އެކު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
އައިފޯން 16 ސީރީޒްގެ ފޯނުތައް އަވަހަށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އަދިވެސް އެބައޮތެވެ.
ރާއްޖޭޭގައި ސްމާޓްފޯން ވިއްކާ އެންމެ ތަޖުރިބާކާރު އެއް ކުންފުނި، އެލް މޯލްޑިވްސްއިން އައިފޯން 16ގެ އެކި މޮޑެލްތައް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް 'މޫލީ' މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެލްއިން މޫލީގައި އައިފޯން 16ގެ ތިން މޮޑެލް ލިސްޓުކޮށްފައިވެ އެވެ. އެއީ:
-
އައިފޯން 16 (128ޖީބީ އަދި 256ޖީބީ)ގެ ބްލެކް، ޕިންކް، ޓީލް، އަލްޓްރާމެރިން އަދި ވައިޓު
-
އައިފޯން 16 ޕްރޯ (128 ޖީބީ އަދި 256ޖީބީ)ގެ ބްލެކް ޓައިޓޭނިއަމް، ޑެޒަޓް ޓައިޓޭނިއަމް، ނެޗުރަލް ޓައިޓޭނިއަމް އަދި ވައިޓް ޓައިޓޭނިއަމް
-
އައިފޯން 16 ޕްރޯ މެކްސް (128 ޖީބީ އަދި 256ޖީބީ)ގެ ބްލެކް ޓައިޓޭނިއަމް، ޑެޒަޓް ޓައިޓޭނިއަމް، ނެޗުރަލް ޓައިޓޭނިއަމް އަދި ވައިޓް ޓައިޓޭނިއަމް
މޫލީ މެދުވެރިކޮށް އައިފޯން ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އިތުރު އެއްވެސް އަގަކާ ނުލައި ޑެލިވާކޮށްދޭނެ އެވެ.
އައިފޯން 16 ސީރީޒް
އައިފޯން 16 އަދި 16 ޕްލަސްއަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން އުފައްދާފައިވާ، ކެމެރާ ކޮންޓްރޯލް، ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑްތައް އަދި އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ކަންކަން ފަސޭހައިން ކުރެވޭ ފީޗާއަކާއި ބެޓަރީ ލައިފް އިތުރަށް ރަނގަޅުކޮށްފައިވާ މޮޑެލްތަކެކެވެ.
އައިފޯން 16 ޕްރޯ އަދި 16 ޕްރޯ މެކްސްގައި ހިމެނެނީ އޭ18 ޕްރޯ ޗިޕެކެވެ. މި ޗިޕުގެ އެހީގައި މި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޮމެންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮނޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާތައް އަދި ބެޓެރި ލައިފްއަށް އިތުރު ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.