ގައުމީ ޝިޕިންލައިން އެމްއެސްއެސްގެ ބޯޓަކުން ބަނދަރަށް މުދާ ބާލަނީ (ފޮޓޯ/ދައުރު)
ގައުމީ ޝިޕިން ލައިނުން އިންޑޮނޭޝިޔާއަށް ވެސް ދަތުރުތައް ފަށަނީ
ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ދަތުރުތައް އިންޑޮނޭޝިއާއަށް ފަށާނެކަން އެ ޝިޕިންލައިނުން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެސްއެސްއިން މިއަދު ހާމަކުރި ގޮތުގައި މި ދަތުރުތައް ކުރާނީ އިންޑޮނޭޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށެވެ.
ތަފްސީލް - އެ ޝިޕިންލައިނުން ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުގައި އެ ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ކަމަށްވާ އެއީ އެމްއެސްއެސް ގްރެފީން އެވެ. އެގޮތުން އެ ބޯޓުން:
-
މުދާތައް ކޮލޮމްބޯއަށް ގެނައުމަށް ފަހު އެމްއެސްއެސްގެ ބޯޓުތަކުގައި ކޮލޮމްބޯއިން މާލެއަށް އެ މުދާތައް ގެންނާނެ
-
އިންޑޮނޭޝިއާއިން މުދާ ގެންނަން ބޭނުންވާ ފަރާތްތަކުން ބުކްކުރަން މިހާރު ވަނީ ހުޅުވާލާފައި
ބުނީ ކީކޭ؟ - އެމްއެސްއެސްގެ ޗީފް ކޮމާޝިއަލް އޮފިސާ ތަހާ މުހައްމަދު މިއަދު ވިދާޅުވެފައިވާ ގޮތުގައި އަލަށް ތައާރަފްކުރި އިންޑޮނޭޝިޔާ ރޫޓްގެ ދަތުރުތަކުގެ %70 މިހާރު ވަނީ ފުރިފަ އެވެ.
"އާ ރޫޓަށް ވަރަށް ތަރުހީބުބޮޑުކޮށް ފެންނަނީ،" ތަހާ ވިދާޅުވި އެވެ.
އެނގުން މުުހިންމު - އެމްއެސްއެސްއިން މިހާެރު ވެސް އަށް ގައުމަކުން މުދާ ގެނެ އެވެ. އެމްއެސްއެސްއިން ވަނީ މިދިޔަ ޖުލައި މަހު މެލޭޝިއާއަށް ވެސް ދަތުރުތައް ފަށައިފަ އެވެ. އެމްއެސްއެސްގައި ފަސް ބޯޓު އޮވެ އެވެ.
ކޮމެންޓް (1)
ކިލަމަންސް