ރައީސް އޮފީހުގައި ބޭއްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އެއާލައިންތަކުގެ މެނޫގައި ދިވެހި ކެއުން ހިމަނަން މަސައްކަތްކުރަން ޖެހޭ: ސައީދު
ބައިނަލްއަގުވާމީ އެއްވެސް އެއާލައިނެއްގެ މެނޫގައި ދިވެހި ކެއުމެއް ހިމަނާފައި ހުންނަތަން ނުފެން ކަމަށާއި ނަމަވެސް ދިވެހި ކެއުންތައް އެއާލައިންގެ މެނޫތަކުގައި ހިމެނުމަށް މަސައްކަތްކޮށްދެއްވުމަށް ހޮސްޕިޓޭލިޓީ ދާއިރާގެ ތަޖުރިބާކާރުންގެ ކިބައިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ދަރުބާރުގޭގައި މިއަދު ފެށި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ އެގްޒިބިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ގޮސްފައިވީ ނަމަވެސް ރާއްޖެއަށް ދަތުރުކުރާ އެއްވެސް އެއާލައިނެއްގެ މެނޫގައި ދިވެހި ކެއުމެއް ނުހިމެނޭ ކަމަށެވެ. ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން ފަސިންޖަރުންނަށް މެނޫ ހިއްސާކުރާއިރު އެހެން އެކި ގައުމުތަކުގެ ކެއުންތައް ހިމަނާފައި ހުންނަތަން ފެނުމުން މާޔޫސްވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"މި އެގްޒިބިޝަންގައި މިކަމާ މެދު ވިސްނުމަށް އެންމެ ރަނގަޅު ތަޖުރިބާކާރުން އެބަތިބި. ކައިރި މުސްތަގުބަލެއްގައި ތަޖުރިބާކާރުންގެ އުފެއްދުންތެރިކަމާ އެކު އަދި އެފްއެޗްއޭއެމްގެ އިސްނެންގެވުމާއިއެކު، މަޝްވަރާތަކާއިއެކު މިކަމުގެ ހިޔާލެއް އަދި މިކަން ކުރެވިދާނެ ގޮތެއް ގެނެވިދާނެ އެއަރލައިންތަކުގައި މެނޫ ތައްޔާރުކުރާ ޝެފުންނާ ވެސް އެކު،" އެއީ ނުވާނޭ ކަމެެއް ނޫންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވި އެވެ.
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ކުރިއަށްދަނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އެ އެގްޒިބިޝަންގައި ކާބީތަކެތި ވިއްކާ 120 ފަރާތަކުން ބައިވެރިވެ އެވެ. އަދި އެގްޒިބިޝަންގެ ހަވާސާގައި ބާއްވާ ކާތަކެތި ތައްޔާރުކުރުމުގެ މުބާރާތް، ކަލިނަރީ ޗެލެންޖްގައި 600 އަށްވުރެ ގިނަ ކެއްކުންތެރިން ބައިވެރިވެ އެވެ.
ކޮމެންޓް (1)
ފަހަރި