ދިރާގުން ސީޑްއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގާއި ސީޑުގެ ޕާޓްނަޝިޕް މުއްދަތު އިތުރުކޮށްފި

ސީޑަކީ އަމިއްލަ އޮފީހެއް ނެތް މީހުންނާއި އަލަށް ފަށައިގަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތްކޮށް، ބައްދަލުވުން ބޭއްވޭ ގޮތަށް ހަދާފައިވާ ކޯ-ވޯކިން ސްޕޭސްއެއް
9 ސެޕްޓެމްބަރު 2024

ދިރާގުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އިން ހިންގާ ކޯ-ވޯކިން ސްޕޭސް 'ސީޑު'ގެ ޕާޓްނަޝިޕް ދަމަހައްޓައިފި އެވެ.

ތަފްސީލު - ސީޑަކީ އަމިއްލަ އޮފީހެއް ނެތް މީހުންނާއި އަލަށް ފަށައިގަންނަ އަދި ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތްކޮށް، ބައްދަލުވުން ބޭއްވޭ ގޮތަށް ހަދާފައިވާ ކޯ-ވޯކިން ތަނެކެވެ.

ސީޑު ފަރުމާކޮށްފައިވަނީ އެފަދަ ވިޔަފާރިތަކަށް ބޭނުންވާ އެހެެނިހެން ހިދުމަތްތައް ވެސް އެ ތަނުން ލިބޭ ގޮތަށެވެ.

ދިރާގުން ސީޑާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ އެކު އެ ކުންފުނިން ސީޑަށް ދޭ ހައި ސްޕީޑު އިންޓަނެޓުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ވެސް އެ ތަނުން ލިބޭނެ އެވެ. މިއީ ސީޑުން ލިބޭ ޑިޖިޓަލް ވޯކްސްޕޭސް ހިދުމަތަށް ކޮންމެހެން ވެސް ބޭނުންވާ ކަމެކެވެ.

"ސީޑު ބައި ބީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ދިރާގުގެ މެނޭޖަ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި އެވެ.

"މި އެއްބަސްވުމަކީ ރާއްޖޭގެ ޑިޖިޓަލް ކޮމިއުނިޓީގައި ވިޔަފާރި އާއި އުފެއްދުންތެރިކަން ފުޅާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތާ ގުޅޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ބިޒްނަސް އީކޯސިސްޓަމް ކުރިއެރުވުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުން."

އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުން ސީޑުން ވަނީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

"ދިރާގުގެ އެހީއާ އެކު ކުދި ވިޔަފާރިވެރިންނާއި އޮންޓްރަޕްރެނާސްއަށް ވިޔަފާރީގެ ޒަމާނީ މާހައުލެއްގައި ދެމިތިބެވޭނެ،" ސީޑުގެ ޑިރެކްޓަ، ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވި އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް