އުރީދޫ މަސްރޭސް 2024ގެ ނައިފަރު މުބާރާތުގެ ޗެމްޕިއަން ޓީމް 'ހުސްބުޅި'. (ފޮޓޯ/އުރީދޫ)

އުރީދޫ މަސްރޭސް

އުރީދޫ މަސްރޭސް 2024: ނައިފަރުގެ ޗެމްޕިއަނަކަށް 'ހުސްބުޅި'

މުބާރާތުގެ ޗެމްޕިއަންކަމާ އެކު ހުސްބުޅި ޓީމަށް 25،000ރ.ގެ ފައިސާގެ އިނާމު ވަނީ ލިބިފައި
7 ސެޕްޓެމްބަރު 2024

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ މަސްވެރިކަމުގެ މުބާރާތް، 'އުރީދޫ މަސްރޭސް'ގެ ޅ. ނައިފަރުގެ ޗެމްޕިއަންކަން 'ޓީމް ހުސްބުޅި'އިން ކާމިޔާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ކުލަގަކޮށް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ތިން ސަރަހައްދެއްގައި މަސްރޭސް ކުރިއަށްގެންގޮސްފަ އެވެ. އެއީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގަ އެވެ.

ތަފްސީލު - އިއްޔެ 18 ޓީމާ އެކު ބޭއްވި އެ މުބާރާތުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށް އުރީދޫއިން ވަނީ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

މުބާރާތުގައި ހޮވި އެކި ވަނަތަކަކަކީ:

  • ޗެމްޕިއަން ޓީމު - 921.4 ޕޮއިންޓާ އެކު ހުސްބުޅި

  • ދެ ވަނަ ޓީމު - 698.45 ޕޮއިންޓާ އެކު ޗިލް ބްރޯޒް

  • ތިން ވަނަ ޓީމު - 438.3 ޕޮއިންޓާ އެކު ޓީމް ކޮރަކަލި

  • އެންމެ ބަރު މަސް - މުހައްމަދު ނަޝީދު، ޓީމު އަލިފަސް: 9.4 ކިލޯގެ މުޑަ ހަންޖެއް

  • އެންމެ މޮޅު ކެޔޮޅު (ފިރިހެން) - އަލީ އަބްދުﷲ، ޗިލް ބްރޯޒް (24 މަސް)

  • އެންމެ މޮޅު ކެޔޮޅު (އަންހެން) - ޖަވާދާ އަހްމަދު، ޓީމު ކޮރަކަލި (15 މަސް)

އުރީދޫ މަސްރޭސް 2024ގެ ނައިފަރު މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތައް. (ފޮޓޯ/އުރީދޫ)
އުރީދޫ މަސްރޭސް 2024ގެ ނައިފަރު މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތައް. (ފޮޓޯ/އުރީދޫ)

މުބާރާތުގައި އެކި ވަނަތަކަށް ދިން އިނާމުތަކަކީ:

  • 1 ވަނަ ޓީމް: 25،000ރ.

  • 2 ވަނަ ޓީމު: 10،000ރ.

  • 3 ވަނަ ޓީމު: 5،000ރ.

  • އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1،000ރ.

  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ.

care@ooredoo.mv
9613929

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް