އެލައިންޑް އިންޝުއަރެންސްގެ އާ ޕްރޮމޯޝަނުގެެ މައުލޫމާތު އެ ކުންފުނީގެ އިސްވެރިން ހިއްސާ ކުރައްވަނީ (ފޮޓޯ/އެލައިޑް)
އެލައިޑުގެ ލައިފް އިންޝުއަރެންސް ޕްލޭނުން %50 ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް
އެލައިޑް އިންޝުއަރެންސްގެ ލައިފް އިންޝުއަރެންސް ޕްލޭން ނަގާ ކަސްޓަމަރުންނަށް ޕްރިމިއަމް އިން %50 ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ފެށި މި ޕްރޮމޯޝަނުގެ ދަށުން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ނަގާ ފުރަތަމަ 50 ކަސްޓަމަރުންނަށް ފުރަތަމަ މަހުގެ ޕްރިމިއަމްއިން %50ގެ ޑިސްކައުންޓު ލިބޭނެ އެވެ.
ތަފްސީލް - ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާއިރު މި މުއްދަތުގެ ތެރޭ އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭނަށް ޑިސްކައުންޓު ލިބޭނެ އެވެ. ލައިފް އިންޝުއަރެންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމް އެޝުއަރަންސް ޕްލޭން ނުހިމަނާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ މަގުސަދަކީ، އެލައިޑުން ބުނި ގޮތުގައި:
-
ލައިފް އިންޝުއަރަންސް ޕްލޭންތައް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދުން
-
ސްމާޓް ސޭވިން ޗޮއިސަސްއަށް ހޭލުންތެރިކުރުން
-
މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުން
މި ޕްރޮމޯޝަންގެ މުއްދަތުގައި އެލައިޑުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެގޮތުން:
-
ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބާ އެކު ކުރިއަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު، 'އެލައިޑް ފެސްޓް' މި އަހަރު ވެސް ކުރިއަށް ގެންދާނެ
-
މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި ހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ވެސް ކުރިއަށް ގެންދާނެ
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު:
-
އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600އަށް ގުޅައިގެން ހޯދޭނެ
-
އެ ކުންފުނީގެ ވެބްސައިޓްގެ ލައިވް ޗެޓް މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ