އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތު ޕްލޭނަކާއި ވޯލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާ ކުރުން (ފޮޓޯ/އެލައިޑު)

އެލައިޑް އިންޝުރެންސުން ޓީޓީއެމްގައި ޕްލޭނު ހަދިޔާކޮށްފި

ނަސީބުވެރިން ހޮވާފައިވަނީ ހަފްލާއަށް ހާޒިރުވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުން؛ އެލައިޑުގެ އެންމެ ފުރިހަމަ ޕްރިމިއަމް ވޯލްވައިޑް ޓްރެވަލް ޕްލޭނަކާއި ސިލެކްޓް ގޯލްޑު ޕްލޭނެއް ވަނީ ހަދިޔާކޮށްފައި
27 އޯގަސްޓު 2024

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގާލާ އިވެންޓްގެ ތެރެއިން އެލައިޑް އިންޝުއަރެންސުން ތިން ފަރާތަކަށް އިންޝުއަރަންސް ޕްލޭން ހަދިޔާކޮށްފި އެވެ.

ތަފްސީލް - މިދިޔަ ހަފްތާގައި އަދާރަން ހުދުރަންފުށީގައި ކުރިއަށް ދިޔަ ހަފްލާގެ ތެރެއިން ނަސީބުވެރިން ހޮވާފައިވަނީ ހަފްލާއަށް ހާޒިރުވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ.

އެގޮތުން:

  • އެލައިޑުގެ އެންމެ ފުރިހަމަ ޕްރިމިއަމް ވޯލްޑްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދު އަދި އަލީ ނާހިޒްއަށް

  • ހެލްތު އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ 'ސިލެކްޓް ގޯލްޑް' ލިބިފައިވަނީ މުހައްމަދު މިރުސާދުއަށް

އެލައިޑް އިންޝުއަރަންސަކީ ޓީޓީއެމްގެ މިއަހަރުގެ އިންޝުއަރަންސް ޕާޓްނަރެވެ. އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކާ ބެހޭ މައުލޫމާތު ވަނީ މީހުންނާ ހިއްސާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް