އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުން. (ފޮޓޯ/ދިރާގު)

ދިރާގު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އޭޝިއާގެ އެކި ގައުމުތަކުން ބައިވެރިވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 17 އިން 24އަށް ތުލުސްދޫގައި؛ މި މުބާރާތުގައި ދިވެހި 15 ރާޅާއެޅުންތެރިން ބައިވެރިވާނެ
14 އޯގަސްޓު 2024

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މިއީ އޭޝިއަން ސާފިން ފެޑެރޭޝަން (އެފްއެސްއޭ) އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގުޅިގެން ރާއްޖޭގައި ބާއްވާ ތިން ވަނަ ސާފިން ޗެމްޕިއަންޝިޕް އެވެ.

ތަފްސީލު - މި އަހަރުގެ ސާފިން ޝެމްޕިއަންޝިޕްގައި އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކާ ވާދަކުރަން ރާއްޖޭގެ 15 ރާޅާއެޅުންތެރިން ބައިވެރިވާނެ އެވެ.

އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 17 އިން 24އަށް، ކ. ތުލުސްދޫގަ އެވެ.

ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓާ، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮފީސަސް މަސްއޫދު އަލީ ވިދާޅުވީ ޖެހިޖެހިގެން ދެ ވަނަ އަހަރު ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނީ ބައިނަލްއަގްވާމީ އޯޑިއެންސާ ހަމައަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ގެންގޮސްދިނުމަށްޓަކައި މި މުބާރާތުގެ ތެރޭގައި ހައި ސްޕީޑް ކަނެކްޓިވިޓީ އާއި ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރާއި ރެކްރިއޭޝަން ކޮމިއުނިޓީތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް