އެލިއާ އިން ކުރިއަށް ގެންދިޔަ ތަމްރީނުގެ ބައިވެރިން (ފޮޓޯ/އެލިއާ)

އެލިއާ

އެލިއާ އިން ކައްޕިންނަށް ބޭއްވި ތަމްރީނު ނިންމާލައިފި

މިއީ ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް
11 އޯގަސްޓު 2024

އެލިއާއިން ކަނޑު އުޅަނދުފަހަރުގެ ކައްޕިންނަށް އަމާޒުކޮށްގެން ބޭއްވި ބޯޓް އޮޕަރޭޓާސް ޓްރެއިނިން (ބީއޯޓީ) ނިންމާލައިފި އެވެ. 

ވީ ކިހިނެއް؟ - ބީއޯޓީއަކީ އެލިއާއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މި މަހުގެ 6-8 އަށެވެ.

ތަފްސީލް - އެލިއާ އިން ބުނީ މި އަހަރުގެ ޕްރޮގުރާމުގައި ގިނަ އަދަދެއްގެ ރިސޯޓުތަކާއި ކަނޑުދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތައް އަދި ސަރުކާރުގެ މުވައްސަސާތަކުން ވެސް ބައިވެރިވި ކަމަށެވެ.

އެލިއާ އިން ކުރިއަށް ގެންދިޔަ ތަމްރީނުގެ ބައިވެރިއަކަށް ސެޓްފިކެޓު ހަވާލު ކުރުން (ފޮޓޯ/އެލިއާ)

މި ޓްރެއިނިންގެ މަގުސަދަކީ، އެލިއާ އިން ބުނި ގޮތުގައި، ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމެވެ.

އެ ޕްރޮގްރާމުގައި ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރޭގައި:

  • އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާ އެކު ދަތުރުކުރަން ބޭނުންވާ ތިއަރީ އާއި ހުނަރުތައް

  • އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުން މުހިންމު ކަންތައްތައް

  • ނެވިގޭޝަން އާއި ޗާޓް ރީޑިން

  • ސަލާމަތީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތައް

  • ފަސްޓް އެއިޑް އާއި ފަޔާ ސޭފްޓީ

  • އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން

އެލިއާ އިން ކުރިއަށް ގެންދިޔަ ތަމްރީނުގެ ތެރެއިން (ފޮޓޯ/އެލިއާ)

ފާހަގަ ކުރެވޭ  - މިއީ އެލިއާއިން ޔަމަހާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފްކުރިތާ 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރެވެ.

ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން 'ޔަމަހާ ޓެކްނިކަލް ޓްރެއިނިން'ގެ މިއަހަރުގެ ތަމްރީން ޕްރޮގްރާމު ވެސް އެލިއާ އިން ވަނީ އިފްތިތާހު ކޮށްފަ އެވެ.

މުޖުތަމައަށް ބޭނުންތެރި މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ އެލިއާއިން ވަނީ ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކާއި ރިސޯޓުތަކާއި ސަރުކާރު މުއައްސަސާތަކުގެ ފަރާތުން މި ޕްރޮގްރާމްތަކަށް ލިބޭ ތަރުހީބު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް