އެލިއާއާއި އެމްއައިޓީއިން ގުޅިގެން ބާއްވާ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެލިއާ

ކައްޕިންނަށް އަމާޒުކޮށް އެލިއާގެ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' ފަށައިފި

ކަނޑު އުޅަނދުފަހަރުގެ ކައްޕިންގެ ހުނަރު ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އަހަރަކު އެއްފަހަރު އެލިއާ އާއި އެމްއައިޓީ ގުޅިގެން ބާއްވާ ޕްރޮގްރާމެއް. މި އަހަރުގެ ޕްރޮގްރާމް ކުރިއަށްދަނީ 64 ބައިވެރިންނާ އެކު
6 އޯގަސްޓު 2024

އެލިއާއިން ކަނޑު އުޅަނދުފަހަރުގެ ކައްޕިންނަށް އަމާޒުކޮށްގެން ބާއްވާ ބޯޓް އޮޕަރޭޓާސް ޓްރެއިނިން (ބީއޯޓީ) ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބީއޯޓީއަކީ އެލިއާއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.

ތަފްސީލު - އެ ޕްރޮގްރާމްގެ މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ކައްޕިންގެ ހުނަރު ތަރައްގީކޮށް، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.

  • އެލިއާއާއި އެމްއައިޓީއިން ގުޅިގެން ބާއްވާ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެލިއާގެ ބީއޯޓީ ޕްރޮގްރާމް

  • ކުރިއަށްދާނީ 6 - 8 އޮގަސްޓްއަށް

  • ޖުމްލަ 64 މީހުން ބައިވެރިވާނެ

  • ބައިވެރިންގެ ތެރޭގައި ރިސޯޓުތަކާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުގެ އޮފިޝަލުން ހިމެނޭ

  • އެލިއާއާއި އެމްއައިޓީއިން ގުޅިގެން ބާއްވާ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އެލިއާއާއި އެމްއައިޓީއިން ގުޅިގެން ބާއްވާ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އެލިއާއާއި އެމްއައިޓީއިން ގުޅިގެން ބާއްވާ 'ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް' 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކަނޑުމަތީގެ ޕްރޮފެޝަނަލިޒަމްއަށް އަމާޒުކޮށް، އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދަސްކޮށްދޭ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާ އެކު ދަތުރުކުރަން ބޭނުންވާ ތިއަރީ އާއި ހުނަރުތައް

  • އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުން މުހިންމު ކަންތައްތައް

  • ނެވިގޭޝަން އާއި ޗާޓް ރީޑިން

  • ސަލާމަތީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތައް

  • ފަސްޓް އެއިޑް އާއި ފަޔާ ސޭފްޓީ

  • އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން

ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން 'ޔަމަހާ ޓެކްނިކަލް ޓްރެއިނިން'ގެ މިއަހަރުގެ ތަމްރީން ޕްރޮގްރާމެއް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މި ސިލްސިލާގެ ފަސް ވަނަ ޕްރޮގްރާމެވެ.

މުޖުތަމައަށް ބޭނުންތެރި މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ އެލިއާއިން ވަނީ ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކާއި ރިސޯޓުތަކާއި ސަރުކާރު މުއައްސަސާތަކުގެ ފަރާތުން މި ޕްރޮގްރާމްތަކަށް ލިބޭ ތަރުހީބު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިއީ އެލިއާއިން ޔަމަހާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފްކުރިތާ 50 އަހަރުފުރޭ ރަން ޔޫބީލް އަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް