ޕީސީބީ ހުންނަ ފިނޭންސް މިނިސްޓްރީ އިމާރާތުގެ ބޭރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރިސޯޓް ހަދާ ރަށެއްގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލައިފި

މިއީ ސަރުކާރުގެ %10 އަދި ކަނިމީދޫ ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏެއްގެ %90 ހިއްސާއާ އެކު 2016ގައި އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް

ރިސޯޓް ހަދަން ރަށެއް ދޫކޮށްފައިޗާ ސެލޯ ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏެއްގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސެލޯ ހޯލްޑިންސްގެ ހިއްސާ އަގުމަގުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ފެބްރުއަރީ 2023ގައި ދެ ފަހަރެއްގެ މަތިން އިއުލާންކުރި އެވެ.

ހިއްސާ ވިއްކާލި ކަމަށް ޕީސީބީއިން ބުނީ، އެ ބޯޑުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ ތަފްސީލު ހިމެނޭ 'ދުވެލި އަންގައިދޭ ރިޕޯޓު'ގަ އެވެ.

ތަފްސީލު - ނޮވެބަރު 2016ގައި ސެލޯ ހޯލްޑިންސް އުފެއްދީ ސަރުކާރުގެ %10 އަދި ކަނީމީދޫ ހޯލްޑިންސްގެ %90 ހިއްސާ އެކުލެވޭ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގަ އެވެ.

ފިނޭންސުން ސެލޯ ހޯލްޑިންސްގެ ހިއްސާ އަގުމަގުކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަ އަހަރު ކުރި އިއުލާނުގައިވާ ގޮތުގައި، ކަނިމީދޫ ހޯލްޑިންސްއިން ސެލޯގައި އޮތް ސަރުކާރުގެ ހިއްސާ ގަތުމަށް ނިންމީ ބޭންކުތަކުން ލޯނު ނަގަން ލުއިފަސޭހަ ކުރުމަށެވެ.

ގުޅުންހުރި ކަމެއް - ކަނިމީދޫ ހޯލްޑިންސް އާއި ސެލޯ ހޯލްޑިންސްގެ ހިއްސާދާރުންނަށް ތިބެނީ އެއް ބައެކެވެ.

ކުންފުނީގެ ނަން ނިސްބަތްވަނީ ތ. ވޭމަންޑޫ ބޭރުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަނިމީދޫއަށެވެ. އެ ރަށުން 10 ހެކްޓަރު ކްރޮސް ސަބްސިޑީގެ އުސޫލުން 2019ގައި ސަރުކާރުން ރިސޯޓު ތަރައްގީކުރަން ބީލަމަށް ލި ނަމަވެސް، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރެ އެވެ.

އެއާ އެކު ސަރުކާރުން ފަހުން ނިންމީ އެ އަތޮޅު ވިލުފުށީގައި އެއާޕޯޓު އަޅައިދޭ ގޮތަށް ކަނިމީދޫ އެއްކޮށް، ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދިނުމަށެވެ.

ކޮމެންޓް (2)

ރިސޯޓް ރިސޯޓް ޓނ

1 އޯގަސްޓު 2024
ސަރުކާރު އޭބުނީމާ އެބަެނގޭ ރައްޔިތުންކަން ދެން ތިބި ހިއްސާދާރުންނަކީ އެއްބައެކޭ ބުނީމަ ނޭގޭ ކޮންބައެއްކަމެއް ދިވެހީންކަމެއް ނޫނީ ބޭރުގެ ބައެއްކަމެއް އަދި ވިއްކީ ކިހާވަރަކަށްކަމެއްވެސް ނޭގޭ. މިކަހަލަ ޙަބަރު ގެނެސް ނުދިނިއްޔާ މާރަންގަޅުވާނެ.
0 0

ބަރުޖޯރު

1 އޯގަސްޓު 2024
ދިވެހިންނައް ފައިދާއެއް ވެދާނެތީވެ ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް