ވޯޓަސް އެޖްގައި ފްރާންސްގެ ޖިފާޑްއިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ފުޑް

ޖިފާޑްގެ ބްްރޭންޑް އެމްބެސެޑަރާއެކު ވޯކްޝޮޕެއް ބާއްވައިފި

ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ޖިފާޑް ބްރޭންޑާ ގުޅޭ މައުލޫމާތު ދީ، އެކި ހުނަރުތައް ދަސްކޮށްދީފައި
25 ޖުލައި 2024

'ޖިފާޑު'ން މެދުއިރުމަތި އަދި އުތުރު އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ ބްރޭންޑް އެމްބެސެޑަރު މެލޮރީ ލީއާ އެކު ލިލީ އިންޓަނޭޝަނަލް އިން އިންތިޒާމުކޮށްގެން ވޯކްޝޮޕެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި ހުންނަ ވޯޓާސް އެޖުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ވޯކްޝޮޕްގައި 50އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެ އެވެ.

ވޯޓަސް އެޖްގައި ފްރާންސްގެ ޖިފާޑްއިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލް - ފުޑް އެންޑް ބެވެރެޖް ދާއިރާގައި 10 އަހަރުގެ ތަޖުރިބާއާ އެކު މެލޮރީ ވަނީ ވޯކްޝޮޕްގެ ބައިވެރިންނަށް ޖިފާޑް ބްރޭންޑާ ގުޅޭ މައުލޫމާތު ދީ، އެކި ހުނަރުތައް ދަސްކޮށްދީ އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ. އެގޮތުން، ޖިފާޑުން އުފައްދާފައިވާ ސިރަޕްތަކުން އެކި ބުއިންތައް ހަދާނެ ގޮތް ވެސް އެ ވޯކްޝޮޕް ތެރެއިން ބައިވެރިންނަށް ކިޔައދީފައިވެ އެވެ.

ވޯޓަސް އެޖްގައި ފްރާންސްގެ ޖިފާޑްއިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެނގުން މުހިންމު - ޖިފާޑަކީ 1885ގައި ފެށި އާއިލީ ވިޔަފާރިއެކެވެ. އެ ކުންފުނިން ވަނީ ފާއިތުވި 135 އަހަރު ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދައި ތަފާތު ރަހަތަކުގެ ސިރަޕްތައް 110އަށް ވުރެ ގިނަ ގައުމުގައި ވިއްކަމުންނެވެ.

އެ ކުންފުނީގެ ފެކްޓްރީ ހުންނަނީ ހަމައެކަނި ފްރާންސްގެ ލޮއިރް ވެލީގަ އެވެ. އެއީ އެ ކުންފުނިން އުފައްދާ ސިރަޕްތަކުގައި ރަހަ އާއި ކޮލެޓީ ހިފެހެއްޓުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް