ހުޅުމާލޭގައި ފުޑް ޓްރަކް ހިދުމަތް ދޭނެ ގޮތް ދައްކުވައިދޭ ރެންޑާއެއް.

ހުޅުމާލެ

ހުޅުމާލޭގައި ގާޑިޔާ ހިންގުމުގެ ފުރުސަތު ހުޅުވާލަނީ

ގާޑިޔާ ހިދުމަތް ދިނުމަށް ހުޅުމާލެއިން 22 ސަރަހައްދެއް އެޗުޑީސީއިން ވަނީ ކަނޑައަޅާފައި

ހުޅުމާލޭގައި ފުޑް ޓްރަކް ނުވަތަ ގާޑިޔާ ހިންގުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)އިން އިއްޔެ ހުޅުވާލައިފި އެވެ.

ތަފްސީލު - ގާޑިޔާ ހިންގަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ކުންފުނިން ވަނީ އިއްޔެ އާންމުކޮށް ހުޅުވާލާފަ އެވެ.

އެޗުޑީސީއިން މިކަން ކުރަން ރާވާފައިވާ ގޮތަކީ:

  • ހުޅުމާލޭގެ 22 ތަނެއްގައި ގާޑިޔާ ބަހައްޓާނެ؛ އެއީ ހުޅުމާލޭގެ ކޮންމެ ފިޔަވައްސަކުން 11 ތަން

  • ގާޑިޔާތައް ޕާކުކުރަން ވޯޓަ ތީމް ޕާކު އޮންނަ ބިމުން ޖާގަ ދޭނެ؛ ޕާކިން ޖާގަ ކަށަވަރުވާނީ އެކުއިޒިޝަން ފީގެ ގޮތުގައި 500،000ރ. ދެއްކުމުން

  • ފްރޭމްވޯކް ސްޓޭޖުގައި މިކަމަށް ބޭނުންކުރާ އުޅަނދު ރަޖިސްޓްރީކޮށް، ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭނެ؛ އޭގެ ކުރިން ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އެޗުޑީސީއަށް 60،000ރ. ވެސް ދައްކަން ޖެހޭނެ

  • ހިންގުމުގެ ހުއްދަ އާއި ޕާކިން ޖާގަ ބޭނުން ކުރުމަށް މަހަކު 20،000ރ. ދައްކަން ޖެހޭނެ

ގާޑިޔާ ހިިދުމަތަށް ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައި އެ ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. އަދި އެ ހިދުމަތް ދެވޭނީ ހެނދުނު 7 އާއި ރޭގަނޑު 12އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

ހުޅުމާލޭގައި ފުޑް ޓްރަކް ހިދުމަތް ދޭނެ ގޮތް ދައްކުވައިދޭ ރެންޑާއެއް.

އެނގުން މުހިންމު - ގާޑިޔާ ހިންގުމުގެ ހުއްދަ ދިނުމުގައި ބިޒްނަސް މޮޑެލް، ތަޖުރިބާ، ކޮންޓްރެކްޓަރު، މާލީ ގޮތުން ހުރި ގާބިލުކަން، ސީއެސްއާރު އަދި ގާޑިޔަލުގެ ޑިޒައިނަށް ވެސް ބަލާނެ އެވެ.

ގާޑިޔާ ހިންގަން ޝައުގުވެރިވާ މީހުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 އެވެ. އެ ފޯމު ފޮނުވާނީ:

  • އީމެއިލް މެދުވެރިކޮށް ނަމަ: business@hdc.mv

  • އެޗުޑީސީ ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަނަށް

ކޮމެންޓް (2)

އަދުރޭ

25 ޖުލައި 2024
މިހާރު ގާޑިޔާ ވެސް ހިންގަނީ މިނިސްޓަރުންނަށް. 580،000.00 ފަސްލައްކަ އައްޑިހަ ހާސް ނެތީޔާ ހަނދާން ނައްތާލާ. އާދައިގެ މީހުން ތިބޭ އެމީހުން ބޮޑު އަގެއް ކުއްޔަށް ދިނީމަ ކުލި ދައްކަން.
0 0

ތިބާ.

23 ޖުލައި 2024
މިތިބުނާ ލުއިފަސޭހަ ؟މިވެސް ވަކި މީހަކައް ނޫނީ ވަކިބަޔަކައް ހެޔޮވަރުކޮއް ފަހައިފަ އޮތް ކޯޓެއް!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް