ޕެންޝަން އޮފީހާއި ދިރާގުން އެއްބަސްވުން ބަދަލުކުރަނީ

ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މާދަމާ ކުރުނބާ މޯލްޑިވްސްގައި އޮންނަ މި ފޯރަމްގައި މާލީ ދާއިރާގެ ތަޖުރިބާކާރުން ތަފާތު މައުލޫއުތަކަށް ވާހަކަ ދައްކާނެ
21 ޖުލައި 2024

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ތަފްސީލް - މާދަމާ ކުރުނބާ މޯލްޑިވްސްގައި އޮންނަ މި ފޯރަމްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ކަމާ ބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވެ ވާހަކަ ދައްކާނެ އެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި ފޯރަމާ ގުޅޭ ގޮތުން ދިރާގުން ބުނީ ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއަރުވަން ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

ފައިނޭންސް ފޯރަމް

މިއީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މާލީ ދާއިރާގެ އިސް ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ފަހިކުރަން ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ފޯރަމެކެވެ. 

މި ފޯރަމްގައި ރާއްޖޭގެ މާލީ ދާއިރާގެ އިތުރުން ބައިނަލްއަގްވާމީ މާލީ މަޝްރަަހަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ތީމްތަކާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތަކާއި ތީމާ ގުޅޭ ހިދުމަތްތަކާއި ވަސީލަތްތައް ދައްކާލުން ފަދަ ތަފާތު ބައިތައް އެކުލެވެ އެވެ. އެގޮތުން:

  • ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވަ ފެށި މިފަދަ ފުރަތަމަ އަދި މެދުނުކެނޑި ކުރިއަށް ގެންދާތާ އެނެްމެ ދުވަސްވީ އެެއް ފޯރަމް

  • މިފަދަ ފޯރަމެއް އިންތިޒާމުކޮށް، ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރަން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން

  • ޕެންޝަން ފަންޑް އެންމެ އެކަށޭނަ ގޮތުގައި ކުރިއަށް ގެންދަން ފަހި މާހައުލެއް ގާއިމްކޮށް، ވަސީލަތްތައް އިތުރުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް