ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން (ފޮޓޯ/ދިރާގު)

ދިރާގު

ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މި މުބާރަތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާއި ހަމައަށް
18 ޖުލައި 2024

ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ތަފްސީލް - ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ބައިނަލްއަގުވާމީ މުބާރާތަކީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ) އާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ކަވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އަދި މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ)ގެ އެފިލިއޭޓެޑް ޖަމިއްޔާއެކެވެ.

ބުނީ ކީކޭ؟ - ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދިވެހި އެތުލީޓުންގެ ކުރިއެރުމަށް އެއްބާރުލުން ދީ، އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރާތް މެދުވެރިކޮށް މިކަން ހާސިލްކުރުން،" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.

މި މުބާރަތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާއި ހަމައަށެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާން އަދި ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެން ޓީމުތައް ބައިވެރިވެ އެވެ.

މި މުބާރާތުގެ ސަބަބުން ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރާއިރު ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިވެގެންދާނެ އެވެ.

ދިރާގަކީ ޒުވާނުން ބާރުވެރިކޮށް، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދު ވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް