ޔާރާ ވެލީ ޖޭމްގެ ރަހަތައް

އެޑްވަޓޯރިއަލް

ޔާރާ ވެލީ ޖޭމްސް: ގުދުރަތީ މޭވާގެ އަސްލު ރަހަތައް ހިމެނޭ މީރު ޖޭމެއް

މި ބްރޭންޑުގެ ޖޭމުގެ ރަހަތަކުގެ ތެރޭގައި ކްލެސިކް އަދި ގިނަ ބައެއްގެ ފޭވަރިޓް ޖޭމް ކަމަށްވާ ސްޓްރޯބެރީގެ އިތުރުން، މާމަލޭޑް، އެޕްރިކޮޓް، ތުރީ ބެރީސް އަދި ރާސްބެރީ ހިމެނޭ
18 ޖުލައި 2024

ޖޭމަކީ ކާއެއްޗެއްސަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއްޗެކެވެ. ހާއްސަކޮށް ކޮންޓިނެންޓަލް ބްރޭކްފާސްޓެއް ފުރިހަމަވަނީ ޖޭމް ހިމެނިގެންނެވެ. ދިވެހިންގެ މެދުގައި ވެސް ޖޭމުގެ އެކި ރަހަތައް މަގުބޫލެވެ.

ކާބޯތަކެތީގެ އެހެން ބައެއް އުފެއްދުންތަކާ ހިލާފަށް ގިނަ ރަހަތަކެއް ހިމެނޭ ޖޭމުގެ އެތައް ބާވަތެއް ރާއްޖޭގެ ބާޒާރުގައި ވެސް މިހާރު އެބަހުއްޓެވެ. މި ލިސްޓަށް އިތުރުވަނީ އެމްޔޫ ސްޓޯރުން ރާއްޖެއަށް އަލަށް ތައާރަފުކުރާ ޔާރާ ވެލީ ޖޭމް އެވެ.

ޔާރާ ވެލީ ބްރޭންޑުގެ ޖޭމަކީ މިހާރު ރާއްޖޭގެ މާކެޓުން ލިބެންހުރި ޖޭމްތަކާ ވާދަކުރާވަރުގެ މޮޅު އުފެއްދުމެއްކަން އެމްޔޫ ސްޓޯރުން ޔަގީންކޮށްދެ އެވެ.

އޮސްޓްރޭލިޔާގެ އެންމެ މަޝްހޫރު ދަނޑުތަކުގެ ތެރޭގައި ހިމެނޭ، ގުދުރަތީ ގިނަ ބާވަތްތަކެއް ހައްދާ ޔާރާ ވެލީން އަތުން ހޮވައި ނުވަތަ ބިނދެފައިވާ ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރުކުރާ މި ޖޭމް ޕެކްކޮށްފައި ހުންނަނީ 300 ގްރާމްގެެ ބިއްލޫރި ފުޅީގަ އެވެ. ހިމަ ދިގު މި ކުދި ފުޅިތަކުގެ ސަބަބުން ޖޭމްގެ ކޮލިޓީ ނުގެއްލި ތާޒާކަންމަތީ ބަހައްޓައިދެ އެވެ. އަދި އަސްލު ރަހައަށް ބަދަލެއް ނައިސް ގިނަ ދުވަހަށް ދެމިގެންދެ އެވެ. 

މި ޖޭމު ފުޅިތަކަކީ ދަތުރުތަކުގައްޔާއި އެހެނިހެން އާއިލީ އެއްވުންތަކުގައި ބޭނުންކުރަންް ވެސް ފަސޭހަ، ހެޔޮވަރު ސައިޒެކެވެ. ބިއްލޫރި ފުޅީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްލެވޭ ވަރުގެ ކުދި ޕެކެޓު ވެސް މި ބްރޭންޑުގައި ހިމެނެ އެވެ. މިއީ ރެސްޓޯރެންޓްތަކުގައި ސާވް ކުރަން ވެސް ރަނގަޅު ސައިޒެކެވެ.

މި ބްރޭންޑުގެ ޖޭމުގެ ރަހަތަކުގެ ތެރޭގައި ކްލެސިކް އަދި ގިނަ ބައެއްގެ ފޭވަރިޓް ޖޭމް ކަމަށްވާ ސްޓްރޯބެރީގެ އިތުރުން، މާމަލޭޑް، އެޕްރިކޮޓް، ތުރީ ބެރީސް އަދި ރާސްބެރީ ހިމެނެ އެވެ.

މިއީ ހެނދުނުގެ ނާސްތާ ފަޅުފިލުވާލައި ފޮނި ކާތަކެތި އިތުރަށް ފުރިހަމަ ކޮށްލުމަށް ރަނގަޅު ރަހަތަކަކަށް ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް