މިފްކޯ އިން ޅ. ފެލިވަރުގައި ބަންދުކޮށްގެން ވިއްކާ މަސްދަޅުތަކެއް. (ފޮޓޯ/މިފްކޯ)

މިފްކޯ

މަސްވެރިކަން ދަށްވެ، މިފްކޯ މަސްދަޅުގެ ތާށިކަމެއް

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ދަށްވެ، މިފްކޯއަށް މަސް ކިރުން މަދުވުމާ އެކު ދަޅު މަސް އުފައްދާ މިންވަރު ވެސް ވެަނީ ދަށްވެފައި. މަސްވެރިކަން ރަނގަޅުވުމުން މި ތާށިކަން ފިލާނެ ކަމަށް އެ ކުންފުނިން ބުނޭ

މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ އެކު މިފްކޯއަށް ކިރާ މަހުގެ އަދަދު ވެސް ދަށްވުމުން ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވުމާ ގުޅޭގޮތުން އާންމުންގެ ފަރާތުން މިފްކޯއަށް ވަނީ ޝަކުވާ ލިބިފަ އެވެ.

ތަފްސީލު - އެ ޝަކުވާތަކާ ގުޅޭގޮތުން މިފްކޯއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް މި ދުވަސްވަރު މަދު ނުވަތަ ހުސްވެފައިވަނީ ރާއްޖޭގރ މަސްވެރިކަން މި ދުވަސްވަރު ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ.

މިފްކޯއިން ދަޅު މަސް ވިއްކުމުގައި އެއްވެސް ލިމިޓެއް ކަނޑައަޅާފައި ވޭތޯ ސުވާލުކުރުމުން މިފްކޯއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ދަޅުމަހުގެ އެއްވެސް ލިމިޓެއް ނެތް. އެކަމަކު ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަމަސް ލިބިގެން،" މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައިވެ އެވެ.

"ވެލިއު އެޑަޑް ޕްރޮޑަކްޓް [މަހުން އުފައްދާ ބާވަތްތަކުގެ] ތެރެއިން ވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާ އެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ." 

މި ހާލަތުގައި މި ގޮތަށް ދިމާވި ނަމަވެސް، ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ ވެސް އެއްފަދައިން މިހާރު ވެސް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް