ޔޫރޯ 2024ގެ ފައިނަލްގައި އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗު ދައްކާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު.

ދިރާގު

ޔޫރޯގެ ފައިނަލް މެޗަށް ދިރާގުން މިރޭ ހުޅުމާލޭގައި ބޮޑު ސްކްރީނެއް

ދިރާގާއި އެޗުޑީސީ ގުޅިގެން ޔޫރޯގެ ފައިނަލް މެޗަށް ބޮޑު ސްކްރީން ބަހައްޓާނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި

މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ދިރާގާއި އެޗުޑީސީ ގުޅިގެން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ބޮޑު ސްކްރީނެއް ބަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އެ ބޮޑު ސްކްރީން ބަހައްޓަނީ ހިޔާ ފްލެޓު ޓަވަރު 1 އާއި ވިނަރެސް ޓަވަރު 1އާ ދެމެދުގަ އެވެ. އަދި މިރޭ 10އިން ފެށިގެން އެ ސްކްރީން ލައިވް ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ތަފްސީލު - ޔޫރޯ މުބާރާތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ދިރާގުން މި މުބާރާތަށް ހާއްސަކޮށް ކުރިއަށްގެންދާ 'ފުޓުބޯޅަ އީދު'ގެ ތެރެއިން ތަފާތު އެކި އޮފާތައް ކަސްޓަމަރުންނަށް ވަނީ ގެނެސްދީފަ އެވެ. އަދި މިރޭ ފައިނަލް މެޗާ ދިމާކޮށް ވެސް ބައެއް އޮފާތައް އެ ކުންފުނިން އެބަ ކުރިއަށްގެންދެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ސޮނީލިވް ޕެކްއާ އެކު ރާއްޖޭގެ ކޮންމެ ތަނަކުން ފައިނަލް މެޗު ބަލައިލުމަށްޓަކައި 80ރ.ގެ ޑޭޓާ އަދި ސޮނީލިވްގެ ޕްރިމިއަމް އެކްސެސް 30 ދުވަހަށް ލިބޭނެ

  • ދިރާގުގެ 'ޖެހީ ލިބުނީ'އާ އެކު މިރޭ މޮޅުވާނެހެން ހީވާ ޓީމު ރެޖިސްޓާ ކުރުމަށް ފަހު އެ ޓީމުން ޖަހާ ކޮންމެ ގޯލަކަށް 1 ޖީބީ ޑޭޓާ ލިބޭނެ

ޔޫރޯ 2024ގެ ފައިނަލު މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. ފައިނަލްގައި ބައްދަލުކުރާނީ އިންގްލެންޑާއި ސްޕެއިން އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް