ޝަކީރާގެ ހުށަހެޅުމެއް: ކޮޕާ އެމެރިކާގެ ރަސްމީ ލަވަޔަކީ ވެސް އޭނާގެ ލަވައެއް

މީޑިއާނެޓް

ކޮޕާ އެމެރިކާގެ ފައިނަލްގައި ޝަކީރާގެ ހުށަހެޅުމެއް؛ އައިސް ޓީވީން ވަގުތުން ދައްކާނެ

އަންނަ ހޯމަދުވަހުގެ ފަތިހު ކުޅޭ ކޮޕާ އެމެރިކާ ފައިނަލް މެޗުގެ ހާފް ޓައިމްގައި ޝަކީރާގެ ހުށަހެޅުންތަކެއް ކުރިއަށްދާނެ
12 ޖުލައި 2024

އަންނަ ހޯމަ ދުވަހުގެ ފަތިހު ކުޅޭ ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ހުށަހެޅުންތަކެއް އޮންނާނެ އެވެ.

ވީ ކިހިނެއް؟ - ކޮޕާ އެމެރިކާގެ ފައިނަލް ކުޅޭނީ ހޯމަދުވަހު ރާއްޖެ ގަޑިން ފަތިިހު 5 ޖަހާއިރު އެވެ.

ތަފްސީލު - ޝަކީރާގެ މިއުޒިކީ ހުށަހެޅުންތަކެއް ކުރިއަށްދާނީ އެ މެޗުގެ ހާފް ޓައިމްގަ އެވެ. މިއީ ކޮޕާ އެމެރިކާގެ ތާރީހުގައި ވެސް ފައިނަލް މެޗުގެ ހާފް ޓައިމްގައި މިއުޒިކީ ހުށަހެޅުމެއް ހުށަހަޅާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ އޮފިޝަލް ލަވައިގެ ގޮތުގައި ވެސް ކަނޑައަޅާފައިވަނީ ޝަކީރާގެ ލަވައެއް ކަމަށްވާ ޕުންތެރިއާ އެވެ.

އެނގުން މުހިންމު - މި މުބާރާތުގެ ހުރިހާ މެޗުތަކެއް މީޑިއާނެޓުން ވަގުތުން ދައްކާއިރު، އައިސް ޓީވީގެ އިތުރުން އެމްއެސް ޑިޖިޓަލްއަށް ސަބްސްކްރައިބް ކޮށްގެން މޮބައިލް ޑިވައިސްތަކުން ވެސް މެޗުތައް ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް