ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ދުޅެހެޔޮ ހިތެއް، އުފާވެރި ދިރިއުޅުމެއް' ކެމްޕޭންގައި އެއްވެސް އަގަކާ ނުލައި ހާޓް ސްކްރީނިން ހިދުމަތްތައް ލިބޭނެ.

'ދުޅަހެޔޮ ހިތެއް، އުފާވެރި ދިރިއުޅުމެއް': ޓްރީ ޓޮޕުން ހިތުގެ ހާލު ބަލައިލުން ހިލޭ

ސާވޭ ފޯމެއް ފުރާލުމަށްފަހު ޝަރުތު ހަމަވާ އުމުރުން 30 އަހަރުން މަތީގެ ކޮޮންމެ ދިވެއްސަކަށް ވެސް ހިތުގެ ސްކްރީނިން ހިދުމަތްތައް އެއްވެސް އަގަކާ ނުލައި ހޯދުމުގެ ފުރުސަތު ޓްރީ ޓޮޕްއިން ވަނީ ހުޅުވާލާފައި

ދިވެހިންގެ މެދުގައި ހިތުގެ ބަލިތަކާ ގުޅުންހުރި އެކި ކަހަލަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެހެން ބަލިތަކެކޭ ވެސް އެއްފަދައިން ހިތުގެ ބަލިތަކާ ދެކޮޅަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އެއް ފިޔަވަޅަކީ ކުރީބައިގައި ހިތުގެ ހާލަތު ދެނެގަނެ، ރައްކާތެރިވެ ތިބުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ދުޅެހެޔޮ ހިތެއް، އުފާވެރި ދިރިއުޅުމެއް' ކެމްޕޭނަކީ އެއްވެސް އަގަކާ ނުލައި މިކަން ކުރެވެން އޮތް ރަނުގެ ފުރުސަތެކެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭންގެ ދަށުން ކޮންމެ ދިވެއްސަކަށް ވެސް ހިތެގެ ސްކްރީނިން ހިލޭ ލިބޭނެ އެވެ. އެ ހިދުމަތްތަކުން އާސަންދައިން ކަނޑައިދޭ އަދަދުގެ ބޭރުން އަމިއްލަ ޖީބުން ދައްކަން ޖެހޭ ބަޔާ ހަވާލުވާނީ ޓްރީ ޓޮޕްއިންނެވެ.

މި ކެމްޕޭންގައި ޓްރީ ޓޮޕްގެ ފަރާތުން ހަރަކާތްތެރިވާނީ ކާޑިއޮލޮޖީ ސްޕެޝަލިސްޓުންނެވެ. އެ ޓީމްގައި ހިމެނެނީ:

  • 1-

    ޑރ. އަބްދުލް އަޒީޒު - ކޮންސަލްޓެންޓް ކާޑިއޮލޮޖިސްޓް

  • 2-

    ޑރ. އަމިތު އަގަރުވާލް - ކޮންސަލްޓެންޓް ކާޑިއޮލޮޖިސްޓް

  • 3-

    ޑރ. މޫސާ މަނިކު އިބްރާހިމް - ކޮންސަލްޓެންޓް ކާޑިއޮލޮޖިސްޓް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ދުޅެހެޔޮ ހިތެއް، އުފާވެރި ދިރިއުޅުމެއް' ކެމްޕޭންގައި ހަރަކާތްތެރިވާ ސްޕެޝަލިސްޓުންގެ ޓީމު.

ސްޕެޝަލިސްޓުންގެ އަދަދާއި ވަގުތަށް ބަލާއިރު ވެސް އެންމެންނަށް ހިލޭ ސްކްރީން ކޮށްދިނުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެއާ އެކު ޓްރީ ޓޮޕްއިން ނިންމާފައިވަނީ ކޮންމެހެން ސްކްރީނިން ބޭނުންވާ މީހުންނަށް މިކަމުގައި އިސްކަން ދިނުމަށެވެ.

ކެމްޕޭންގައި ބައިވެރިވާނެ ގޮތް:

  • ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެބްސައިޓުގައިވާ ސާވޭ ފޯމް ފުރާލާ

  • އެލިޖިބިލިޓީ ބަލާނީ އެ ސާވޭއިން ލިބޭ ސްކޯއަށް ބެލުމަށްފަހު (ސްކްރީނިންއަށް ކޮލިފައިވާ ސްކޯއަކީ މަދުވެގެން %10)

  • ސާވޭ ފޯމުން އެކަށީގެންވާ ވަރަށް ސްކޯ ލިބިއްޖެނަމަ ހިލޭ ކޮންސަލްޓޭޝަނެއް ލިބޭނެ

  • ކޮންސަލްޓޭޝަންގައި އިތުރު ޓެސްޓުތައް ހަދަން ޑޮކްޓަރު ލަފާދެއްވައިފިނަމަ ޓެސްޓުތައް ވެސް ހިލޭ ހެދޭނެ؛ އެހެން ނަމަވެސް ބައެއް ޓެސްޓުތަކުގެ ގޮތުން އަގު ދައްކަން ޖެހިދާނެ

މި ކެމްޕޭންގައި ތަފާތު 13 ސްކްރީނިން ހިދުމަތްތައް ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހިތުގެ ބަލިތަކަށް އެ ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ފަރުވާއަށް މި ފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.

އެގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ލީޑްލެސް (ވަޔަލެސް) ޕޭސްމޭކާ ލެއްވުމުގެ ދެ ޕްރޮސީޖާއެއް އެ ހޮސްޕިޓަލުން ވަނީ ކާމިޔާބުކަމާއެކީ ފުރިހަމަކޮށްފަ އެވެ.

ޓްރީ ޓޮޕްއިން ރާއްޖޭގެ ފުރަތަމަ ލީޑްލެސް ޕޭސްމޭކާ އިމްޕްލާންޓް ޕްރޮސީޖާއެއް ވަނީ ކާމިޔާބުކަމާ އެކު ކޮށްފައި. (ފޮޓޯ/ޓްރީ ޓޮޕް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް