އެލައިޑް އިންޝުއަރެންސްއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. (ފޮޓޯ/އެލައިޑް އިންޝުއަރެންސް)

އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން ޑިސްކައުންޓް އަގުގައި ނަގަން އިތުރު ފުރުސަތެއް

މި ޕްރޮމޯޝަންގައި ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭން ގަންނަ ކަސްޓަމަރުންގެ ތެރެއިން އެންމެ ފުރަތަމަ 50 ކަސްޓަމަރުންނަށް ޕްލޭންގެ ފުރަތަމަ މަހުގެ ޕޭމަންޓުން %50ގެ ޑިސްކައުންޓެއް ލިބޭނެ

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން ހެޔޮ އަގުގައި ނެގޭ ޕްރޮމޯޝަންގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފި އެވެ.

ތަފްސީލު - އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޑިސްކައުންޓް ޕްރޮމޯޝަންގެ މުއްދަތު 30 ޖޫންއަށް ވަނީ ހަމަވެފަ އެވެ.

ނަމަވެސް، ގިނަ މީހުންގެ އެދުމުގެ މަތިން އަޔާދީއިން ވަނީ އެ ޕްރޮމޯޝަންގެ މުއްދަތު 9 އޮގަސްޓާ ހަމައަށް އިތުރުކޮށްފަ އެވެ.

މި މުއްދަތުގައި ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭން ގަންނަ ކަސްޓަމަރުންގެ ތެރެއިން އެންމެ ފުރަތަމަ 50 ކަސްޓަމަރުންނަށް ޕްލޭންގެ ފުރަތަމަ މަހުގެ ޕޭމަންޓުން %50ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް

  • މިއީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑު ގާއިމުކުރަން އެހީވެދޭ ޕްލޭނެއް

  • ސޭވިންގެ އިތުރުން އަޔާދީއިން ބުނާ ގޮތުގައި މި ޕްލޭންގެ އެންމެ ހާއްސަ ސިފައަކީ 'ރައްކާތެރިކަން'

  • މި ޕްލޭން ނެގުމަށް ފަހު ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކި ހާލަތެއްގައި އެ ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ، ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީއިން ދައްކައިދޭނެ

މި ޕްލޭން އަދި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން ނަންބަރު 1600އަށް ގުޅައިގެން ހޯދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް