ޓްރީ ޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕުގައި ޑޮކްޓަރަކު ބަލިމީހަކު ބަލަނީ (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕްގެ ހެލްތު ކޭމްޕް: ގއ. އަތޮޅުން 317 މީހަކު ޑޮކްޓަރަށް ދައްކައިފި

ގއ. އަތޮޅުގެ ހަތް ރަށަކުން ބައިވެރިވި މި ކޭމްޕުގައި، ބަލިތައް ދެނެގަތުމާއި ސިއްހީ ހޭލުންތެރިކަމާއި ޓްރީ ޓޮޕް އިން ދޭ ފަރުވާތަކާ ގުޅޭގޮތުން މައުލޫމާތު ދިން

ޓްރީ ޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ވިލިނގިލީގައި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް ބާއްވައިފި އެވެ.

ތަފްސީލް - މިދިޔަ ހުކުރު އަދި ހޮނިހިރުގައި ބޭއްވި މި ކޭމްޕުގައި 317 މީހަކު ބައިވެރިވެ، ޑޮކްޓަރަށް ދައްކާފައިވެ އެވެ.

ޓްރީ ޓޮޕުން ބުނިގޮތުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން މި ކޭމްޕުގައި، ބަލިތައް ދެނެގަތުމާއި ސިއްހީ ހޭލުންތެރިކަމާއި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާގެ މައުލޫމާތު ވަނީ އާންމުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދީފަ އެވެ. 

ވިލިނިގިލީގެ އިތުރުން މި ކޭމްޕްގައި އެ އަތޮޅުގެ ހަތް ރަށެއްގެ މީހުން ހިދުމަތް ހޯދި އެވެ. އެ ރަށްރަށަކީ:

  • މާމެންދޫ 

  • ކޮލަމާފުށި 

  • ގެމަނަފުށި 

  • ދާންދޫ 

  • ކޮނޑޭ 

  • ނިލަންދޫ 

  • ކަނޑުހުޅުދޫ

ޓްރީ ޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްގެ ތެރެއިން (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވީ، މިއީ މާލެއާ ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައި ތިބި މީހުންނަށް ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. އެއީ މާލެއަށް ދަތުރު ކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތް ކުރެވި، ފަސޭހައިން ސްޕެޝަލިސްޓް ޑަކްޓަރުންނަށް ދެއްކޭނެތީ ކަމަށް ޑރ. ސްރިދާރް ވިދާޅުވި އެވެ. 

މި ކޭމްޕުގައި ބަލިމީހުން ބެއްލެވި ޑޮކްޓަރުންނަކީ:

  • ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓު ޑރ. އަބްދުލް އަޒީޒު

  • ކޮންސަލްޓަންޓް އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރު ރަވާލް

  • ކޮންސަލްޓަންޓް އޯތޮޕީޑިކްސް، އެންޑް ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް

  • ކޮންސަލްޓަންޓް އޯތޮޕީޑިކްސް، އެންޑް ޓްރޯމާ ސާޖަން ޑރ. އަލީ މުޒްނީ

  • ކޮންސަލްޓަންޓް ޕުލްމޮނޮލޮޖިސްޓު ޑރ. ތެހްޒީބް ފާރުގީ

  • ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓު ޑރ. މެހްމުތު އޮޑާ

ޓްރީ ޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްގެ ތެރެއިން (ފޮޓޯ/ޓްރީ ޓޮޕް)

ފާހަގަކޮށްލެވޭ - ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތައް ބާއްވަ އެވެ. ކުރިއަށް އޮތްތާ އިތުރު އަތޮޅުތަކުގައި ވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް