މިނިސްޓަރު މޫސާ ޒަމީރުގެ އެމެރިކާ ދަތުރުގައި އެ ގައުމުގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުން.

މޫސާ ޒަމީރު

ޒަމީރުގެ އެމެރިކާ ދަތުރުގައި ދިވެހި ޓޫރިޒަމް ކުރިއަރުވަން މަސައްކަތްތަކެއް

މިނިސްޓަރު ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ނިއު ޔޯކާއި ނިއު ޖާޒީގެ ޓުއާ އޮޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަމާ ގުޅޭ މަޝްވަރާތަކެއް ވަނީ ކުރައްވާފައި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ބައްދަލުވުން ބޭއްވީ މިނިސްޓަރު ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ތަފްސީލު - ޒަމީރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިއު ޔޯކާއި ނިއު ޖާޒީގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނަށް ހާއްސަ އިވެންޓެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ މަގްސަދަކީ، ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭގޮތުން މަޝްވަރާކޮށް، މިތަނުން ލިބެން ހުރި ތަފާތު ތަޖުރިބާތައް ހިއްސާކުރުމެވެ.

ޒަމީރު ބައްދަލުކުރެއްވި ޓުއާ އޮޕަރޭޓަރުނަކީ މިހާރު ވެސް އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އެމެރިކާ ފަތުރުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރާއްޖެއަކީ އެމެރިކާ ފަތުރުވެރިންނަށް ހުވަފެނީ މަންޒިލަކަށް ހެދުމަށް ކުރެވޭނެ ކަންތައްތައް ހިމެނެ އެވެ.

ކޮމެންޓް (1)

ޝާކިރު

29 ޖޫން 2024
ޝުކުރިއްޔާ! ތިކަންވެސް އެބަޖެހޭތާ ކޮންމެވެސް ބަޔަކު ކުރަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް