މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖެއަށް 1 މިލިއަން ޓޫރިސްޓުން ހަމަވެއްޖެ؛ އެއީ ތައިލެންޑް ރައްޔިތެއް

މިއީ ސުޓާޕާ އަމޯންވިވަތު ރާއްޖެއަށް ޒިޔާރަތްކުރާ ދެ ވަނަ ފަހަރު؛ އޭނާ މި ދަތުރުގައި އައީ އާއިލާއާ އެކު

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ވީ ކިހިނެއް؟ - މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ސުޓާޕާ އަމޯންވިވަތު ނަމަކަށް ކިޔާ ތައިލެންޑު ރައްޔިތެކެވެ.

ސިންގަޕޫރުން އޭނާ ރާއްޖެއަށް އައީ ފިރިމީހާ އާއި ދެ ދަރިން ގޮވައިގެންނެވެ. މިއީ އޭނާ ރާއްޖެއަށް އައި ދެ ވަނަ ފަހަރެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - ކޮންމެ އަހަރަކު ވެސް އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާ ގޮތަށް ސުޓާޕާއަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އޭނާއަށް މަރުހަބާ ކިޔަން ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެމްއެމްޕިއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ކަމާބެހޭ އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ސަގާފީ ހުށަހެޅުންތަކަކުން މަރުހަބާ ކިޔުމަށްފަހު ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން، މަޓާޓޯ އަދި ޓީއެމްއޭއިން ވަނީ އޭނާއަށް އެކި ހަދިޔާތައް ދީފަ އެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގުޅުންހުރި ކަމެއް - މިއަހަރު ރާއްޖެއިން އެއް މިލިއަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރު އެ އަދަދަށް ވާސިލުވި ވަރަށްވުރެ ތިން ވަރަކަށް ހަފުތާ ކުރިންނެވެ. އެގޮތުން މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވީ 16 ޖުލައިގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް