އެލައިޑް އިންޝުއަރެންސްެގެ ހިދުމަތްދޭ މަރުކަޒެއް

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

މިއީ ރާއްޖޭގެ ކަނޑުގެ ސިނާއަތާ ގުޅުންހުރި ފަރާތްތަކާ އެކު މުހިންމު މަޝްވަރާތައް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ފޯރަމެއް. މި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި މި ސިނާއަތުގައި އެލައިޑުން އަދާކުރާ ދައުރާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެ

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

އެނގުން މުހިންމު - މި ފޯރަމަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާ ގުޅުންހުރި ފަރާތްތަކާ އެކު މުހިންމު މަޝްވަރާތައް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ ފޯރަމް އޮންނާނީ 6 ޖުލައި 2024ގައި މީރުމާ ހޯލްގަ އެވެ.

މި އިވެންޓުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މެރިން ސިނާއަތުގެ އިސް ސަފުގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތައް ވެސް ބައިވެރިވެ، ސިނާއަތަށް ހުރި ގޮންޖެހުންތައް ދެނެގެނެ، ހައްލު ހުށަހަޅައި، ހޭލުންތެރިކަން އިތުރުކުރާނެ އެވެ.

ތަފްސީލު - މީޑިއަމް އިވެންޓްސްއިން ރާވާ މި އިވެންޓްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރު ވެސް ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ލީޑިން އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހަމިއްޔަތުގެ ތެރެއިން މިއަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް އެލައިޑުން އަންނަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި މި ސިނާއަތުގައި އެލައިޑުން އަދާކުރާ ދައުރާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެ. (ފޮޓޯ/އެލައިޑް އިންޝުއަރެންސް)

އެލައިޑްގެ ފަރާތުން ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާނީ އެ ކުންފުނީގެ އަންޑަރައިޓިން ޑިޕާޓްމަންޓުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ސަވާދު އެވެ. އެ ޕެނަލް ޑިސްކަޝަންގައިި އެލައިޑުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނެ ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • މެރިން އިންޑަސްޓްރީގައި އެލައިޑުން އަދާކުރާ ދައުރު

  • އިންޝުއަރެންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތް

  • ބައިވެރިންގެ މެދުގައި އިންޝުއަރެންސްގެ ދާއިރާއާ ބެހޭގޮތުން ހުރި ސުވާލުތަކަށް ޖަވާބުދިނުން

މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފޯރަމްގައި ބައިވެރިވާން ބޭނުންނަމަ، ފޯރަމަށް ހާއްސަ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް