ދިރާގުން މީގެ ކުރިން ބޭއްވި އީ-ސްޕޯޓްސް މުބާރާތެއް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު އީދު ޝޯގެ އީ-ސްޕޯޓްސް މުބާރާތް މިރޭ 8 ޖަހާއިރު

އާންމުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ މުބާރާތުގައި ހިމެނޭ ގޭމުތަކަކީ ޓެކަން، އީއޭއެފްސީ 24 އަދި ރޮކެޓް ލީގު

ދިރާގު އީދު ޝޯގެ ތެރެއިން ކުރިއަށްގެންދާ ފޯރިގަދަ އީ-ސްޕޯޓްސް ގޭމު މުބާރާތް މިރޭ 8 ޖަހާއިރު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް - ދިރާގު އީދު ޝޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އަދި ގޭމު މުބާރާތް ކުރިއަށްދާނީ މިރޭ 8 - 11 އަށެވެ.

ތަފްސީލު - އެ މުބާރާތުގައި ހިމެނެނީ ތިން ގޭމެކެވެ. އެއީ އީއޭއެފްސީ 24، ރޮކެޓް ލީގު އަދި ޓެކަން އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ތަނަށް ދާ ކޮންމެ މީހަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މުބާރާތް ކުރިއަށްދާނެ ގޮތަކީ:

  • ކޮންމެ ކުޅުންތެރިޔަކަށް ވެސް ޖެހިޖެހިގެން ތިން މެޗު ކުޅެން ލިބޭނެ

  • މޮޅުވާ ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެ

މިފަދަ މުބާރާާތެއްގެ މަގުސަދަކީ، ދިރާގުން ބުނި ގޮތުގައި ދިވެހިންގެ މެދުގައި އީ-ސްޕޯޓްސްގެ ރޫހު ކުރިއެރުވުމެވެ.

މީގެ ކުރިން ވެސް ދިރާގުން ވަނީ މިފަދަ މުބާރާތްތައް ބާއްވާފަ އެވެ. އޭގެ ތެރޭގައި މޮބައިލް ލެޖެންޑްސް، އީއޭއެފްސީ އަދި ޓެކަން މުބާރާތްތައް ހިމެނެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް