ޝީންގެ ފިހާރައަކުން ބަޔަކު ހެދުން ގަންނަނީ

ފެޝަން

ދިވެހިން ގިނަ އަދަކަށް ހެދުން ގެންނަ ޝީންގެ އުފެއްދުންތަކުގެ އަގު ތިން ބައިކުޅަ އެއްބައި ބޮޑުކޮށްފި

މާލީ ތަފާސް ހިސާބުތައް އާންމުކޮށް ޝީން ހާމަނުކުރި ނަމަވެސް، 'ކޯސައިޓް ރިސާޗު'ން ލަފާކުރާ ގޮތުގައި މިއަހަރު ޝީންގެ އާމްދަނީ 50 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
14 ޖޫން 2024
1

ދިވެހިން ވެސް ގިނަ އަދަދަކަށް ވިޔަފާރި ކުރާ، ޗައިނާގައި އުފައްދާ ފަސް ޑޮލަރާއި 10 ޑޮލަރުގެ ހެދުންތަކަށް މަޝްހޫރު ފާސްޓް ފެޝަން ރީޓެއިލާ ޝީން އިން މައިގަނޑު ބައެއް އުފެއްދުންތަކުގެ އަގު ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑުކޮށްފި އެވެ. މި ފިޔަވަޅަކީ އެ ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ފެއްޓުމުގެ ކުރިން، (އައިޕީއޯ) އަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ލަންޑަނުގެ ރިސާޗް ފާމް އެޑިޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޝީންގެ އެވްރެޖު އަގުއުފުލިފައި ވަނީ ވާދަވެރި އެޗުއެންޑްއެމް އާއި ޒާރާއަށް ވުރެ މައްޗެވެ. އެ ފާމުން ވަނީ މި މަހު1 ވަނަ ދުވަހާ ހަމައަށް، އަހަރު ދުވަހުގެ އަގުތައް އަޅާ ކިޔައިފަ އެވެ. ޝީން ކޮމެންޓެއް ކުރުމަށް ވަނީ އިންކާރުކޮށްފަ އެވެ.

އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ޝީންގެ އަމިއްލަ ބްރޭންޑްތައް، މައިގަނޑު ގޮތެއްގައި އަންހެނުންގެ ފޭރާން ތައްޔާރުކޮށް ވިއްކުން ކަމަށް ވިޔަސް، އެ ކުންފުނިން ގިނަ އަދަދެއްގެ އެ ނޫން މުދާތައް ވެސް އޮންލައިން މާކެޓްގައި ވިއްކަ އެވެ.

ޝީން އަކީ ޗައިނާއަށް ނިސްބަތްވާ ސަޕްލަޔަރުންގެ ނެޓްވޯކެކެވެ. ޝީން ވިއްކާ ގިނަ ހެދުންތަކަކީ ޗައިނާގެ ގުއާންޒޫގައި އެ ގައުމުގެ ގާތްގަނޑަކަށް 5،400 ސަޕްލަޔަރުން ތައްޔާރުކުރާ ހެދުންތަކެކެވެ.

މާލީ ތަފާސް ހިސާބުތައް އާންމުކޮށް ޝީން ހާމަނުކުރި ނަމަވެސް، 'ކޯސައިޓް ރިސާޗު'ން ލަފާކުރާ ގޮތުގައި މިއަހަރު ޝީންގެ އާމްދަނީ 50 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އެއީ މިދިޔަ އަހަރަށް ވުރެ %50 އިތުރު އަދަދެކެވެ.

އެ ކުންފުނީގެ މައި އަންހެނުންގެ ހެދުންތައް އިތުރަށް އަގުބޮޑުކޮށް، ބޭރުގެ ބްރޭންޑްތައް އެ ސައިޓުގައި ވިއްކަން ލިބުމަކީ ޝީން އަށް ވިޔަފާރި ފުޅާކޮށް ފައިދާ އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

"ޝީން އަށް މި ފަހުން ވަނީ ވަރަށް ވަރުގަދަ ކުރިއެރުމެއް ފެނިފައި، އައިޕީއޯ ޕްލޭންތަކަށް އެކަމުން ރަނގަޅު ކުރިއެރުމެއް ލިބޭނެ،"  ކޮންސަލްޓެންސީ އެލިކްސްޕާޓްނާސްގެ އީކޮމާސް އެކްސްޕާޓް އެރިކް ލައުޓިއާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ހިތަދޫ 2

15 ޖޫން 2024
އަގު ބޮޑު ކުރީ އެމެރިކާ މާކެޓަށް އެކްސެސް ނުދީފާނެތީ، އެމީހުން ކިޔަނީ ނުއަގުގަ ވިއްކާ ޗައިނާ އިން އެމެރިކާ ވިޔަފާރިތަށް ހަލާކު ކޮއްފާނެޔޯ އެހެންވީމާ އެމެރިކާގަ ށީން ހިއްސާ ވިއްކުން ހުއްޓުވައިދޭށޯ...އެ ހުރަސް ނައްތާލަން ވަގުތީ ކަމަކަށް ބޮޑަށް ލަފާ ވަނީ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް